ads
ޕީޖީ ޝަމީމް ރައްޔިތުންގެ މަޖިލީހުގައި:--
ޕީޖީ ޝަމީމް ފާތަފައި ވާދޫ ކަނޑު ހުރަސްކުރަނީ
ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ފަތާފައި ވާދޫ ކަނޑު ހުރަސްކަން މާދަމާ ނިންމާފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ.

ޕީޖީ ޝަމީމް ފަތާފައި ވާދޫ ކަނޑު ހުރަސްކުރައްވަނީ 'ސްވިމް މޯލްލިވްސްގެ' ސިލްސިލާ އިވެންޓެއްގައެވެ. 

ފެތުމަށް ހާއްސަ ޝައުގުވެރިކަމެއް ގެންގުޅުއްވާ ޝަމީމް ވަނީ މީގެ ކުރިން ވެސް ސްވިމް މޯލްޑިވްގެ އިވެންޓުތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. މިގޮތުން 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރެގައި އޭނާ ވަނީ "ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019"ގެ ދިގު ފެތުމުގެ ބައިވެރިވެ، 6.75 ކިލޯމީޓަރަށް ފަތައި ރާއްޖޭގައި މިހާތަނަށް ކަނޑު ހުރަސްކޮށް އެއް ދުވަހާ އެންމެ ދިގުކޮށް ފެތުމުގެ ރެކޯޑް ހައްދަވާފައެވެ. މި ރެކޯޑު ހެދީ ހަތަރު ދުވަހު ފަތައިގެންނެވެ. 

އެއް ދުވަހާ ކަނޑު ހުރަސްކޮށް މިހާތަނަށް ރާއްޖޭގައި އެންމެ ދުރަށް ފަތާފައިވަނީ ކުރުނބާ އައިލެންޑް ރިސޯޓުން މާލެ އަށެވެ. އެއީ ގާތްގަނޑަކަށް ފަސް ކިލޯ މީޓަރެވެ. 

ޝަމީމް ވިދާޅުވެފައިވަނީ މާދަމާ 'ކްރޭޒީ' ބަޔަކާއެކު ހުވަދޫ ކަނޑު ހުރައްވާނެކަމަށެެވެ. 

"މީ އަޅުގަނޑު ޝަޓަޑޭ" ޝަމީމް ވިދާޅުވެފައިވެއެވެ. 

ޝަމީމްގެ އިތުރުން ހަތް މީހަކު އެ ފެތުމުގައި ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ސްރީލަންކާ، ސްވެޑެން އަދި ދިވެހިން ހިމެނެއެވެ. 

79%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް