ads
ނަޝީދު އަދި ރައީސް ސޯލިހް
2023ގައި ރައީސްކަމަށް ވާދަކޮށް ކާމިޔާބުވާނެކަމުގެ އުންމީދު އެބައޮތް: ނަޝީދު
ކުރިއަށްއޮތް 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބުވާނެކަމުގެ އުންމީދު އެބައޮތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި މިވަގުތު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ފުރުއްވަމުން ގެންދަވާ ނަޝީދު އެގައުމުގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އަބަދުވެސް ވިދާޅުވަމުންދާ ކަމަށެވެ.

“ޕްރައިމަރީގައި އަންނަ އަހަރު ވާދަކުރައްވާނެކަމަށް އަޅުގަނޑު އަބަދުވެސް މިދަނީ ވިދާޅުވަމުން. ވާދަކޮށް ކާމިޔާބު ވާނެ ކަމުގެ އުންމީދު އެބަައޮތް. ޕާޓީ ބޭނުންވާނަމަ އަޅުގަނޑު ކުރިމަތިލާނަން. ޕާޓީއަށް ފައިދާހުރި ކޮންމެ ކަމެއް އަޅުގަނޑު ކުރާނަން” ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން ރައީސް ނަޝީދުގެ ކޮއްކޯފުޅު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ހާމަކުރައްވާފައެވެ.

އެމްޑީޕީގެ ޗެއަޕާސަން އިންތިހާބަކީ ރައީސް ނަޝީދާއި ގުޅުމެއްް ނެތް އިންތިހާބެއް ކަމަށް ގަބޫލުކުރުމަކީ "ވަހުމެއް"ކަން ފާހަގަކުރައްވާ އީވާ ވިދާޅުވެފައިވަނީ، 2023ވަނަ އަހަރުވެސް ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި ބާއްވަން ކަމަށާއި، އެ އިންތިހާބުގައި ރަައީސް ނަޝީދު ކުރިމަތިލައްވާނެ ކަމަށެވެ.  

އީވާ ވިދާޅުވީ ކުރިއަށް އޮތް ޗެއަ ޕާސަން އިންތިހާބާއި އެމްޑީޕީގެ މުސްތަގުބޮލާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ. މި ފުރުސަތަކީ އެމްޑީޕީ ސަލާމަތްކުރަން ލިބޭނެ އެންމެ ފަހު ފުރުސަތު ކަމުގައި ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް