ads
ރައީސް ނަޝީދު--
2023ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވައިފި
އަންނަ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.
Advertisement

މިކަން އިއުލާންކުރައްވާފައިވަނީ މިރޭ އިމްތިޔާޒް ފަހުމީގެ ކެންޕެއިން ޓީމުން ކުޅުދުއްފުށީ ސިޓީގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު، އީވާ އަބްދުﷲއެވެ.

އެމްޑީޕީގެ ޗެއަޕާސަން އިންތިހާބަކީ ރައީސް ނަޝީދާއި ގުޅުމެއްް ނެތް އިންތިހާބެއް ކަމަށް ގަބޫލުކުރުމަކީ "ވަހުމެއް"ކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސްކަންވެސް މިވަގުތު ފުރުއްވަމުން ގެންދަވާ އީވާ ވިދާޅުވީ، 2023ވަނަ އަހަރުވެސް ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި ބާއްވަން ކަމަށާއި، އެ އިންތިހާބުގައި ރަައީސް ނަޝީދު ކުރިމަތިލައްވާނެ ކަމަށެވެ. 

"2023ގެ އިންތިހާބުގައި އެމްޑީޕީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތި ލައްވާނެ. އޭގެ ކުރިން ރައީސް ނަޝީދަކީ މި ޕާޓީން ބާކީ ކުރެވިފައިވާ މީހަކަށް ހެދުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރަމުން އެ ގެންދަނީ. ވޯޓުލާން މިހާ ކައިރިވެފައި އޮތީމަ މި އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން އެމްޑީޕީގެ މުޅި މުސްތަގު ބޮލު ބިނާވެގެން ދާނެތީވެ އަޅުގަނޑު މިވާހަކަ މިއަދު ދަންނަވާލަން ބޭނުންވީ. އެހެންވީމަ ތިބޭފުޅުން ވަރަށް މަސައްކަތް ކޮށްދެއްވާތީ" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ކުރިއަށް އޮތް ޗެއަ ޕާސަން އިންތިހާބާއި އެމްޑީޕީގެ މުސްތަގުބޮލާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ. މި ފުރުސަތަކީ އެމްޑީޕީ ސަލާމަތްކުރަން ލިބޭނެ އެންމެ ފަހު ފުރުސަތު ކަމުގައި ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ. 

މި އިންތިހާބާއި ރައީސް ނަޝީދާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބަޔަކު ދައްކަން އުޅުނަސް އެކަން އަމިއްލަ ނަފްސަަށް ވެސް އޮޅުވާނުލުމަށް އީވާ ތަކުރާރުކޮށް އެދިވަޑައިގަތެވެ. އީވާ އިތުރަށް ވިދާޅުވީ، މި އިންތިހާބާއި ކުރިމަތިލީންސުރެ ކަނޑައެޅިގެން ރައީސް ނަޝީދާއި ދިމާލަށް އަންނަތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

"މި އިންތިހާބާއި ކުރިމަތިލީފަހުން އެންމެ ފުރަތަމަ ބޭއްވި ގައުމީ މަޖިލިސް ޖަލްސާގަވެސް ރައީސް ނަޝީދަކީ އަސްލު ބުރޯ އޭ، ބްރޯއޭ ރައީސް ނަޝީދަކީ ކިޔާފަ އިންތިހާބަށް ފުރަތަމަ ކުރިމަތިލެއްވީވެސް. އޭރުންސުރެ މިއަދާއި ހަމަޔަށް މި ވޭތުވެދިޔަ ދެމަސް ދުވަހު ހަމަ ކަނޑައެޅިގެން ރައީސް ނަޝީދާއި ދިމާލަށް އަންނަކަން އަޅުގަނޑުމެންނަށް އެބަ އިނގޭ.

އެކަމަކީ ރައީސް ނަޝީދު ޕާޓީން ބޭރުކުރުމަށް ރާވައިގެން އިންތިޒާމުކޮށްގެން ކުރާ ކަމެއްކަން އަމިއްލަ ނަފްސަށް އެއްވެސް މީހަކު އޮޅުވާނުލުމަށް އީވާ ގޮވާލެއްވިއެވެ. 

ރައީސް ނަޝީދު އަންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އީވާ ވިދާޅުވިނަމަވެސް އެކަން އަދި ރައީސް ނަޝީދު ރަސްމީކޮށް ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެމަގުން ހިޔާލުފުޅު ގެންގުޅުއްވާކަން ދޭހަވާ އެތައް ވާހަކަތަކެއް ރައީސް ނަޝީދު އަންނަނީ ދައްކަވަމުންނެވެ. 

އެގޮތުން މިފަހުން ހޫނުވެފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގުރޫޕުގައި ޖައްސަވާ މެސެޖުތަކުންވެސް އިތުރަށް މި ސަރުކާރުގައި އޮންނަން ބޭނުން ނުވާކަމާއި، ރައީސް ސޯލިހު އަންނަ އިންތިހާބެއްގައި ވެރިކަމުގައި ބަހައްޓަވަން ބޭނުންނުވާ ބީދައަކުން ދަނީ ވާހަކަދައްކަވަމުންނެވެ. 

ރައީސް ނަޝީދު މިފަހުން ވަނީ އެމްޑީޕީ ސަރުކާރާއި ފެޔަށް ޖެހުމަށްވެސް ގޮވާލައްވާފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް