ads
ތިމަރަފުށީ ދަނޑުގެ ޓާފު ހަލާކުކޮށްފައި
“ގަނބާތޯ ބަލަން” ކުޅެލަން މިނިސްޓްރީން އެދުމުން މުޅި ދަނޑު ހަލާކުކޮށްފި
ތ. ތިމަރަފުށީގައި އަލަށް ހަދާފައިވާ ޓާފް ދަނޑުގައި "ގަބާތޯ" ބަލަން އެއް ފަހަރު ކުޅެލުމަށް އެދި، ޔޫތު މިނިސްޓްރީން ކައުންސިލަށް ސިޓީ ފޮނުވިތާ މާގިނަ ދުވަހެއް ނުވެ، ދަނޑުގައި އަޅާފައިވާ މުޅި ޓާފް ކަފާ ދަނޑު ހާލަކުކޮށްލައިފި އެވެ.
Advertisement

އެ ރަށު ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާހީމް "ސީއެންއެމް" އަށް ވިދާޅުވީ، ދަނޑަށް ގެއްލުންދީ ފައިވާ ކަން އެނގުނީ އިއްޔެ ހަވީރު 16:30 އެހާކަށް ހާއިރު ކަމަށެވެ.

އަދި ދަނޑުގެ ޓާފް މަތީގައި ކައުންސިލުގެ ރައީސް އާއި ނައިބު ރައީސްގެ އަނބުރުރަށް ހުތުރުވާ ފަދަ އިބާރާތުން ސްޕްރޭ ބޭނުން ކޮށްގެން ލިޔެފައިވާ ކަމަށްްވެސް ވިދާޅުވިއެވެ.

"ދަނޑު ސާފުކޮށް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ޖަމިއްޔާ އިން [އިއްޔެ] އެތަނަށް ދިޔައިރު ދަނޑުގެ ކާޕެޓް އޮތީ ކަފާފައި. ވަޅިއެެއްވެސް އޮތް. ހަޑި އިބާރާތުން ކާޕޭޓްގައި ލިޔެފައިވޭ،" އިބްރާހިމް ވިދާޅުވި އެވެ.

އެ ރަށު ކައުންސިލް މެމްބަރު އަލީ ޝާހު ވިދާޅުވީ، ދަނޑު ނިންމާފައިވާ ކަމަށްބުނެ، ދަނޑާ ކައުންސިލުން ހަވާލުވުމަށް ޔޫތު މިނިސްޓްރީން ކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށެެވެ.

ނަމަވެސް އެ ސިޓީގެ ޖަވާބު ގައި ކައުންސިލުން ވަކި އެއްޗެއް އަދި ބުނެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަނބާތޯ ބަލަން ޓެސްޓަކަށް އެއްފަހަރު ނަމަވެސް ކުޅެލުމަށް ބުނީ، ޓާފްގެ ފެންވަރުސް އެގޭނީ އޭރުން ކަމަށް މިނިސްޓްރީން ބުނީ. ޝާހު ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ، ދަނޑަށް ދީފައިވާ ގެއްލުން ތަކުގެ ތެރޭގައި ދަނޑުގެ ޓާފް މަތީގައި ހަތަރު ފަސް ތަނަކުން ކަފާފައިވުމާއި، ދަނޑުގެ އިރުމަތީ ފަރާތު ފެންސު ކަފާފައިވުމާއި، ދަނޑުގެ އެއް ގޯލު ވެސް ހަލާކު ކޮށްފައިވާ ކަމަށެވެ.

ޝާހު އިތުރަށް ވިދާޅުވީ ދަނޑު އެއްކޮށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނި ނަމަވެސް ދަނޑުގެ މަސައްކަތް އެއްކޮށް ނިމިފައި ނުވާ ކަމަށެވެ.

"ދަނޑުގެ ވަށާ ފާރު ރާނާފައި މެދުގައި ހުރީ ކާޕެޓް އަޅާފައި. ފަރާ ކާފޭޓާއި ދޭތެރޭ ވަށާ އަޅަން ޖެހޭ ޕޭމެންޓް ގާ އަޅާފައި ނެތް. އޭގެ ސަބަބުން ފަސް ހުރީ ފެންނަން. ފަސްގަނޑު ލެވެލް ކޮށްފައިވެސް ނުވޭ. ގަލާ ވިނަ ހުރީ މުޅިއެތާ އެހެންވެ ކައުންސިލުން ވަކި ޖަވާބެއް މިނިސްޓްރީ އަށް ދީފައި ނުވަނީ ދަނޑާއި ހަވާލު ވުމަށް،" ޝާހު ވިދާޅުވި އެވެ.

ދަނޑު ހަލާކުކޮށްފައި ވަނީ މިނިސްޓްރީން ދަނޑު ޓެސްޓް ކުރުމަށް އެއްފަހަރު ނަމަވެސް ފުޓްބޯޅަ މެޗެއް ކުޅުމަށް އެދިފައިވާތީ، މި އަންނަ ފިތުރު އީދު ދުވަހު އެ ދަނޑުގައި އެކުވެރި ކަމުގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ކައުންސިލުން ނިންމާފައި ވަނިކޮށެވެ.

އެކަން ކޮށްފައިވާ ކަމަށް ލަފާ ކުރެވެނީ ދަންވަރުގެ ވަގުތެއްގައެވެ. އެމައްސަލަ ކައުންސިލުން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

ދަނޑު ހަލާކުރުމާއި ގުޅިގެން މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ އެކަން ކުއްވެރިކޮށް ޓްވީޓުވެސް ކުރައްވާފައެވެ. 

އޭނާ ވިދާޅުވީ، ތިމަރަފުށީ ދަނޑުގެ މަސައްކަތް ބޮޑެތި ގޮންޖެހުންތަކާއެކު ނިންމާލާ ހުޅުވަން ތައްޔާރުވެފައިވަނިކޮށް، ގެއްލުންތަކެއްދިނީ ކޮންމެފަދަ ސަބަބަކާހެދި ނަމަވެސް މިފަދަ ދެރަ އަދި ފިނޑި އަމަލުތަކުން ދުރުވާންޖެހޭ ކަމަށެވެ. އަދި އެއަމަލުން ހުރިހާ ދެރައެއް ލިބެނީ ހަމަ ރަށުގެ ރައްޔިތުންނަށް ކަމަށް މަހުލޫފު ވިދާޅުވި އެވެ.

ގިނަ ދުވަހަށް ފުޓްބޯޅަ ކުޅޭ ދަނޑު ނުނިމި ހުރުމުގެ ސަބަބުނާއިި، ނިންމާފައި މިނިސްޓްރީން ހަވާލު ކުރާ ބައެއް ފުޓްބޯޅަ ދަނޑު ތަކުގެ މައްސަލަތައް ވަނީ ބޮޑުވެފައެވެ. އެ ފަދަ ބައެއް މައްސަލަ ތަކުގައި ދަނޑު ތަކަށް ވަނީ މީގެ ކުރިން ވެސް ޒުވާނުންގެ ގެއްލުންތައް ދީފަ އެވެ. 

47%
ކަމުގޮސްފި
24%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް