ads
ނޭޕާލްގެ އަމްޕިޕަލް އަވަށް
ގެއްލިގެން ހޯދަމުންދިޔަ ދެ އަހަރުގެ ކުއްޖާ ފެނިއްޖެ
ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދެ އަހަރުގެ ނޭޕާލް ކުއްޖާ ފެނިފައި ވާކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ނޭޕާލްގެ އަމްޕިޕަލް އަވަށުން މިކުއްޖާ ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށައެޅި މިދިޔަ އަންގާރަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. 

މިކަމާއި ގުޅިގެން ފުލުހުން ކުރިން ބުނީ އެކުއްޖާގެ މައިންބަފައިން ކުއްޖާ ގެއްލިގެން ރިޕޯޓް ކުރީ ކުއްޖާ ނިންދެވުމަށްފަހު އެމީހުން ދިރިއުޅެމުން ދިޔަ ގެއާއި ކައިރީ ފިހާރައަކަށް ގޮސް އެނބުރި އައިފަހުން ކުއްޖާ ނުފެނުމުން ކަމަށެވެ. އެ ކުއްޖާ ގެއްލުމާއި ގުޅިގެން ބޮޑު އޮޕަރޭޝަނެއް އެގައުމުގެ ފުލުހުން ވަނީ ހިންގާފައެވެ. 

އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ، އެކުއްޖާ ފެނުނީ އެ އާއިލާ ދިރިއުޅެމުން ދިޔަ ގެއާއި 18 މޭލު ދުރުގައި ހުރި ފަޅުގެއެއްގެ ތެރެއިން ކަމަށާއި، އެކުއްޖާ ފެނުނު އިރު އެއްވެސް ކަހަލަ އަނިޔާއެއް ކުއްޖަށް ލިބިފައި ނުވާކަމަށެވެ. އަދި މިހާތަނަށް ބެލެވޭ ގޮތުގައި ބަޔަކު މީހުން އެ ކުއްޖާ ވަގަށް ނެގީ ކަމަށް ބެލެވޭ ކަމަށް ފުލުހުންނާއި ހަވާލާދީ ވަނީ ބުނެފައެވެ. 

މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވީނަމަވެސް، މި ކަން ކުރި ބަޔަކު ހޯދާ އިންސާފު ހޯދާނެ ކަމަށް އެގައުމުގެ ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް