ads
ލަންކާގެ ރައީސް ގޮޓްބާޔާ ރާޖަޕަކްސަ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ
ބޮޑުވަޒީރު ކަމުން މަހިންދަ ރާޖަޕަކްސާ ދުރުކުރަން ނިންމައިފި
އަވަށްޓެރި ސްރީ ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމުން މަހިންދަ ރާޖަޕަކްސާ ދުރުކުރަން އެގައުމުގެ ރައީސް ގޮޓްބާޔާ ރާޖަޕަކްސަ ނިންމަވައިފިއެވެ.

ރާޖަޕަކްސާ މަގާމުން އެކަހެރި ކުރުމަށް ނިންމީ، ފާއިތުވީ އެތައް އަހަރެއްގެ ތެރޭގައި ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު އިގުތިސޯދީ ކާރިސާގެ ސަބަބުން އުފެދިފައިވާ ސިޔާސީ ކޯޅުންގަނޑުގެ މައްސަލަ ހައްލުކުރުމަށް ހުށަހަޅާފައިވާ ހުށައެޅުމެއްގެ ސަބަބުން ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. 

މީގެ އިތުރުން އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި އެގައުމުގެ ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނާ، ރައީސް އާއި ބައްދަލު ކުރެއްވި ކަމަށާއި، އާ ބޮޑުވަޒީރަކާއި، ޕާލަމެންޓްގައި ހިމެނޭ ހުރިހާ ޕާޓީތަކެއް ހިމެނޭ ކެބިނެޓެއްގެ ނަން ހިމެނޭ ގޮތަށް ގައުމީ ކައުންސިލެއް އައްޔަން ކުރައްވާނެ ކަމަށް މި ބައްދަލުވުމުގައި ރައީސް ގޯޓާބަޔަ އެއްބަސްވެވަޑައި ގެންނެވި ކަމަށެވެ.

ނަމަވެސް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ތަރުޖަމާނު ރޯހަން ވެލިވިތާ އާއި ހަވާލާދީ ބައެއް މީޑީއާ ރިޕޯޓްތަކުގައި ބުނެފައިވަނީ،  ބޮޑުވަޒީރު މަގާމުން ދުރުކުރުމުގެ އެއްވެސް ވާހަކައެއް އަދި މިހާތަނަށް ރައީސް ދައްކަވާފައި ނުވާ ކަމަށާއި، އެފަދަ އެންގުމެއް އަންގައިފިނަމަ އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށެވެ. 

ސްރީލަންކާ ބަނގުރޫޓުވެފައި ވާކަން އިއުލާން ކޮށްފައި ވާއިރު،، އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއެކު ރެސްކިއު ޕްލޭނެއް އެކުލަވާލުމަށް މަޝްވަރާކުރެވެންދެން އެ ގައުމުން ބޭރުގެ ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުން މެދުކަނޑާލާކަން ވަނީ ހާމަކޮށްފައެވެ. 

މިއަހަރު ބޭރުގެ ދަރަނީގެ ގޮތުގައި 7 ބިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، 2026 ވަނަ އަހަރު އަންނަންވާއިރަށް 25 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ. އެގައުމުގެ ބޭރު ރިޒާވް ހުރީ އެއް ބިލިއަން ޑޮލަރަށް ވުރެ ވެސް ކުޑަ މިންވަރެއްގަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް