ads
އިނގިރޭސިވިލާތުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށްވާ، ނީލް ޕެރިޝް
މަޖިލީހުގައި ބަރަހަނާ ވީޑިއޯ ބެލި މެމްބަރު ސަސްޕެންޑު ކޮށްފި
އިނގިރޭސިވިލާތުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށްވާ، ނީލް ޕެރިޝް މަޖިލީހުގެ ތަޅުމުގައި ބަރަހަނާ ވީޑިއޯ ބެލި މައްސަލައަކާއި ގުޅިގެން ސަސްޕެންޑު ކޮށްފިއެވެ.

ބަރަހަނާ ވީޑިއޯ ބެލި މައްސަލާގައި އޭނާ ސަސްޕެންޑު ކޮށްފައި ވާއިރު، މަޖިލީހުގެ ސްޓޭންޑާޑްސް ކޮމިޝަނަރު މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. 

މި މައްސަލަ މަޖިލީހުގެ އިދާރާގެ ސަމާލުކަމަށް ގެނައި، މި ހަފްތާގެ ކުރީކޮޅު މަޖިލީހުގެ ދެ އަންހެން މެމްބަރުން ކައިރީގައި އިށީނދެ އިނދެ ބަރަހަނާ ވީޑިއޯ ބެލި މައްސަލަ އެ ދެ މެމްބަރުން ހުށައެޅުމުންނެވެ. 

މި މައްސަލަ އާއި ގުޅިގެން ބީބީސީއިން ސުވާލު ކުރުމުން ޕެރިޝް ވަނީ، މަޖިލީހުން ކުރިއަށް ގެންދާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށްބުނެފައެވެ. 

އޭނާ ކުށެއް ކުރީތޯ އާއި ފޯނުގައި އެއްޗެއް ހުޅުވީ އޮޅުމަކުންތޯ ސުވާލު ކުރުމުން އޭނާ ބުނީ "އަހަރެން ކުރި ކަމެއް، އެކަމަކު އިންކުއަރީއިން އެ މަންޒަރު ބަލަން ދޫކޮށްލާ" ކަމަށެވެ.

"ހަމަ ޔަގީނުން ވެސް އެއީ ވަރަށް ދެރަކަމެއް އަދި އަހަރެންގެ އަނބިމީހާ އާއި އާއިލާއަށް ވެސް ވަރަށް ދެރަކަމެއް އަދި އެއީ މި ވަގުތަށް އަހަރެން އެންމެ ބޮޑު ކަންބޮޑުވުމަކީ،" އޭނާ ބުންޏެވެ.

މީގެ އިތުރުން ޕެރިޝް ބުނީ އޭނާގެ މައްޗަށް މި މައްސަލަ ސާބިތުވާކަމަށް ނިންމާފިނަމަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނުހުންނާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް