ads
ފ.ނިލަންދޫ ތަރި ގުރުއާން މުބާރާތުގެ ބައިވެރިން
ނިލަންދޫ ތަރި ގުރުއާން މުބާރާތުގެ ގަދަ ފަސް ބައިވެރިން
ފ.ނިލަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން މިއަހަރުގެ ރަމަޟާންމަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނިލަންދޫ ތަރި ގުރުއާން މުބާރާތުގެ ގަދަ ފަސް ބައިވެރިން ކަނޑައެޅިއްޖެއެވެ.
Advertisement

ނިލަންދޫ ކުރީގެ ލާނިން ސެންޓަރުގައި ރޭ ކުރިއަށްދިޔަ މުބާރާތުގެ ހަތަރު ވަނަ ޕްރޮގްރާމުގައި ގަދަ ފަސް ބައިވެރިންގެ ގޮތުގައި ހޮވިފައިވަނީ މަމްދޫހާ އަބްދުލް އަޒީޒުއާއި، ޒަހާ އިސްމާއީލް ނަސީރުއާއި، ޒުހާ އަބްދުލް މުއުމިނުއާއި، މަރިޔަމް ނައުހާ ނަސީމުގެ އިތުރުން ރައްޔާ ހާމިދުއެވެ.  

ރަމަޟާންމަހު ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހުގެރޭ ބާއްވަމުން އަންނަ މުބާރާތުގައި ރޭގެ ޕްރޮގްރާމާއެކު މުބާރާތަށް އަލްވަދާއު ކިޔާފައިވަނީ ހަ ވަނަ އަށް ހޮވުނު ނަޖުމުއްނިސާ ހަސަންއާއި ހަތް ވަނަ އަށް ހޮވުނު މުސްލިހު މޫސާއެވެ. 

މި މުބާރާތުގެ ފައިނަލް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ ހައެއް ވާ ހުކުރު ދުވަހުގެ ރޭގައެވެ. ފައިނަލް ޝޯވްގެ ޕްރޮގްރާމު ފަށައިގެން ވަކިހިސާބަކުން މުބާރާތުގެ ހަތަރެއް އަދި ފަސް ވަނަ ބައިވެރިޔާ މުބާރާތާއި ވަކިވުމަށްފަހު ފައިނަލް ކުރިއަށްދާނީ ގަދަ 3 ބައިވެރިންގެ މެދުގައެވެ. ފައިނަލް ޝޯ ޝަރަފްވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބަސެޑަރު މރ. އެޑްމިރަލް މުހުތާރުއެވެ.

ނިލަންދޫ ކައުންސިލުން މައޫލޫމާތުދެއްވާ ގޮތުގައި މުބާރާތް ކުރިއަށް މިގެންދެވެނީ ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ. އެގޮތުން މުބާރާތުގެ ފަނޑިޔާރުންނާއި ދަރިވަރުން މުބާރާތަށް ތައްޔާރުކޮށްދެއްވަމުން ގެންދަވާ ޓްރެއިނަރުން ކުރައްވަމުން ގެންދަވާ މަސައްކަތް ކައުންސިލުން ވަނީ އުފަލާއެކު ފާހަގަ ކޮށްފައެވެ. 

މުބާރާތުގެ އެއް ވަނައަށް އަންނަ ފަރާތަކަށް ނިލަންދޫ ކައުންސިލުން 15000ރ. (ފަނަރަހާސް ރުފިޔާ) ހުށަހަޅާފައިވާ އިރު ޖަމްއިއްޔަތުއް ޝަބާބު ނިލަންދޫގެ ފަރާތުން އަލް ބްރޫޖް ހައްޖު އެނޑް އުމުރާގެ ހެޔޮއެދުންތަކާއެކު އުމުރާ ދަތުރެއްވަނީ ހުށަހަޅާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް