ads
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް
30 އަހަރަށް ފަހު ސޯޝަލް ސެންޓަރުގެ އިންޑޯހޯލް އޭސީ ކުރަނީ
ތިރީސް އަހަރަށް ފަހު މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް އޭސީ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް އޭސީކުރުމުގެ މަސައްކަތްތަކާޢި ގުޅިގެން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ އެ މަސައްކަތް ވަރަށް ބާރު ސްޕީޑޭއްގައި ކުރިއަށްދާ ކަމަށެވެ. 

މާލޭގެ ސޯޝަލް ސެންޓަރުގެ އިންޑޯހޯލް އޭސީކުރުމުގެ މަސައް ބާރު ސްޕީޑެއްގައި މިހާރު ކުރިއަށްދާއިރު މިނިސްޓަރު ވަނީ ވޭތުވެދިޔަ 30 އަހަރު ދުވަހުގައިވެސް މި ކަން ނުކުރެވި އޮތްކަން ފާހަގަ ކުރައްވާފަ އެވެ. 

މި މަސައްކަތްތަކާޢި ގުޅޭގޮތުން މިނިސްޓަރޕު މަހުލޫފް ވަނީ މަސައްކަތް ކުރިއަށްދާގޮތުގެ ވީޑިއޯއެއްވެސް އާންމުކޮށްފަ އެވެ. 

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް އޭސީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް މުބާރާތް ބޭއްވުމަށެވެ. 

މި މުބާރާތް އޮންނާނީ މޭމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 11 އަށް ސޯޝަލް ސެންޓަރުގަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް