ads
ކުނި ބަރުކޮށްގެން ދަނިކޮށް ފަރަށް އެރި ދޯނި
ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި
ކ. ތިލަފުއްޓަށް ދަތުރު ކުރި ދޯންޏެއް މިއަދު ފަރަށް އަރައިފިއެވެ.
Advertisement

އެމްދީއެފުން ބުނީ ފަރަށް އެރީ ހއ. މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން އައި ދޯންޏެއްކަމަށެވެ. 

 'ގުރުވަ1' ނަމަކަށް ކިޔާ ދޯނީގައި ތިބީ ތިން ފަޅުވެރިންކަމަށާއި އެމީހުންނަށް ކޯސްޑުގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް  އެމްއެންޑީއެފުން ބުނެއެވެ. ފަޅުވެރިންގެ ގޮތުގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. މި ތިން މީހުން މިއަދު 08:45 ހާއިރު ނ.ހޮޅުދޫއަށް ގެންގޮސްފައިވާއިރު އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފް ބުނެއެވެ.

your imageދޯނިން ދަތުރުކުރި މީހުން ސަލާމަތްކުރަނީ 

ދޯނި ފަރަށް އެރީ ނ. ކުޑަރަށް ކައިރިންކަމަށާއި އެ ހާދިސާގެ ރިޕޯޓު ލިބުނީ ރޭ11:24 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ރިޕޯޓު ލިބުމާ އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަކްރާފްޓް އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ނަގާފައިވާ ކަމަށްވެސް އެމްއެންޑީއެފް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް