
ކުރިމަތިލާން ހުޅުވައިލި އެވޯޑްތަކަކީ:
* އިހްސާން ޑޮގްރަމަސީ ފެމިލީ ހެލްތު ފައުންޑޭޝަން ޕްރައިޒް
* ސަސަކަވާ ހެލްތު ޕްރައިޒް
* ޔުނައިޓެޑް އަރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް
* ސްޓޭޓް އޮފް ކުވައިތު ހެލްތު ޕްރޮމޯޝަން ފައުންޑޭޝަން، "ހިޒް ހައިނެސް ޝައިހު ސަބާހު އަލް-އަޙްމަދް އަލް-ޖާބިރް އަލް-ސަބާހު ޕްރައިޒް ފޯ ދަ ޕްރޮމޯޝަން އޮފް ހެލްތީ އޭޖިން"
* ޑރ. ލީ ޖޮންގ-ވޫކް މެމޯރިއަލް ޕްރައިޒް ފޯ ޕަބްލިކް ހެލްތު
* ނެލްސަން މަންޑެލާ އެވޯޑު ފޯ ހެލްތު ޕްރޮމޯޝަން
މިނިސްޓްރީން ބުނީ މިއިން ކޮންމެ ކެޓަގަރީއަަކަށް ރާއްޖޭގެ އެއް ޖަމިއްޔާއަަކަށް ކުރިމަތިލެވޭނެ ކަމަށެވެ. ނަން ހުށަހަޅާ އިރު އެ ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި ހުށަހަޅާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރާނެ އެވެ.
އެހެންވެ އެވޯޑްތަކަށް ކުރިމަތިލާން ޝައުގުވެެރިވާ ޖަމިއްޔާތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އެވޯޑްތަކާ ބެހޭ އިތުރު މައުލޫމާތު ހެލްތުމިނިސްޓްރީގެ ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޝަންގެ ނަމްބަރު 3014375 އިން ހޯދޭނެ އެވެ.