ކަދުރު
ހަމަ ޔަގީނުންވެސް ދެން ރޯދަ އަށް ކަދުރު ނުލިބޭނެ
Share
ރޯދަ މަހުގެ ފަހު 10 ގެ ތެރޭ ރާއްޖެއަށް ލިބޭނެ ކަމަށް ބުނި ކަދުރު ނުލިބި ރޯދަމަސް ނިންމާލައިފިއެވެ.
Advertisement

ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ރޯދަމަހާއި ދިމާކޮށް ކަދުރު ހަދިޔާ ކުރަމުންނެވެ. އެހެން ނަމަވެސް މި އަހަރުގެ ރޯދަ މަހު ރާއްޖެއަށް ކަދުރު އެކި ސަބަބުތަކާއި ހުރި ލިބުން ލަސްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. 

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު މީގެ ކުރިން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރާއްޖެއަށް ފޮނުވަން ސައުދީއިން ނިންމި ކަދުރު ޝިޕްމަންޓު ރާއްޖެއަށް މި ހުސްވި ރޯދަ މަހުގެ ފަހު 10 ގެ ތެރޭ ލިބޭނެ ކަމަށެވެ. 

މީގެ އިތުރުން މިދިޔަ މަހުގެ 27 ވަނަ ދުވަހު އަފްރާހު ވިދާޅުވީ، ރާއްޖެއަށް ފޮނުވާ ކަދުރުތައް މިހާރު ރާއްޖެއައުމުގެ ދަތުރު މަތީ ވާކަމަށް މައުލޫމާތު ލިބިފައި ވާކަމަށެވެ. 

އެހެން ނަމަވެސް މި ރޯދަމަސް ނިމި މާދަމާ ފިތުރު އީދު ބައްދަލު ކުރާއިރު ރާއްޖެއަށް ރޯދަ އާއި ދިމާކޮށް ސައުދީއިން ހަދިޔާ ކުރި ކަދުރު ލިބިފައި ނުވެއެވެ. 

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އިސްލާމިކް މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އާންމު ގޮތެއްގައި ސައުދީން ހަދިޔާ ކުރަނީ 50 ޓަނުގެ ކަދުރެވެ. ނަމަވެސް، މިދިޔަ އަހަރުގެ ރޯދަ މަހަށް ސައުދީން ހަދިޔާ ކުރީ 25 ޓަނުގެ ކަދުރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް