ads
ކުޅުދުއްފުށީ ހޮސްޕިޓަލް. ފޮޓޯ/ ކުޅުދުއްފުށީ ހޮސްޕިޓަލްގެ ފޭސްބުކް ޕޭޖް
ކުޅުދުއްފުށީ ހޮސްޕިޓަލުގެ ސިޓީ ސްކޭން މެޝިން ހަލާކު ވެފައި ހުންނަތާ ދުވަސް ތަކެއް ވެއްޖެ
ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ ސިޓީ ސުކޭން މެޝިން ހަލާކުވެ ބޭނުން ނުކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.

ހދ. އަތޮޅުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އެ އަތޮޅު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބޭނުން ކުރަމުންދާ ސީޓީސްކޭން މެޝިން ހަލާކުވެ ސީޓީސްކޭން ހަދަމުންދާ ފަރާތްތަށް މިހާރު ފޮނުވަނީ މާލެއަށެވެ.

އެ ހޮސްޕިޓަލުގެ އިސްފަރާތެއް "ސީއެންއެމް" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ އެ މެޝިން ހަލާކުވެފައިވާތާ ގިނަދުވަސް ވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ގިނަ އުނދަގޫ ތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.  

"އެމްއާރުއައި ރަށުން ހެދޭ. އެހެންނަމަވެސް ސިޓީސްކޭން މެޝިން ހަލާކުވެފައި ހުރުމުން ސީޓީސްކޭން ނުއެއް ހެދޭ. ސިޓީސްކޭނެއް ހަދަން ވެއްޖެއްޔާ ޖެހެނީ މާލެ ދާން." ހޮސްޕިޓަލުން ވާހަކަ ދެއްކި ފަރާތުން ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ ހަމަ އެކަނި ސީޓީސްކޭން ހަދަން މާލެ އަންނަން ޖެހުމުން ބޮޑު ހަރަދެއް ހޭދަވެގެންދާ ކަމަށެވެ.

އެ ހަރަދު ކުޑަކުރުމަށް އެދެނީ ވީހާވެސް އަވަހަށް ހޮސްޕިޓަލުގެ ސިއްހީ ހާލަތު މިއަށްވުރެ ރަނގަޅު ވާނެ ގޮތަކަށް ކަންކަން ވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް