ads
ނަރުހުންތަކެއް
ކޮށްދޭ ހިދުމަތް ބަލައިގަންނާނެ ކަމަށް އުއްމީދު ކުރަން: ސިއްހީ މަސައްކަތްތެރިން
ޑޮކްޓަރުންނާއި ނަރުހުންނާއި، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ކޮށްދެމުން އަންނަ ހިދުމަތް ސަރުކާރުން ބަލައި ގަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކުން ބުނެފިއެވެ.
Advertisement

ސިއްހީ ދާއިިރާގައި މަސައްކަތް ކުރާ ފަރާތްތަކުން މިހެން ބުނެފައި މިވަނީ، މިމަހުގެ އެއް ވަނަ ދުވަހު ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަ ސަރުކާރުން ބޮޑުކޮށް އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކޮށްފައި ވަނިކޮށެވެ. 

މި ގެންނެވި ބަދަލާއި އެކު ތައުލީމީ ދާއިރާގެ ގިނަ ޓީޗަރުންނަށް މަދުވެގެން 20،000 ހާސް ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލު އައުމާއި ގުޅިގެން، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ، އެކަމަށް މަރުހަބާ ކިޔާ ރައީސް ސޯލިހުއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ހަމަ މިގޮތަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތެއް ކޮށްދެއްވަމުން އަންނަ ހިދުމަތް ބަލައި ގަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ. 

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރަކު "ސީއެންއެމް" އާއި ވާހަކަ ދައްކަމުން ވިދާޅުވީ، ފެނިގެން މިދިޔައީ ސަރުކާރުން ގައުމަށް އަގުހުރި މަސައްކަތްތައް ކޮށްދެއްވާ ފަރާތްތަކުގެ އަގު ވަޒަން ކުރި މަންޒަރު ކަމަށެވެ. އަދި އެކަމަށް ރައީސް ސޯލިހުއަށާއި، އަދުގެ ސަރުކާރަށް ޝުކުރު އަދާ ކުރާ ކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ. 

ޑޮކްޓަރު މީގެ އިތުރުން ވިދާޅުވީ، ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުންވެސް ކޮށްދެއްވަމުން ގެންދަވަނީ ގައުމީ ހިދުމަތެއް ކަމަށާއި، އެ ފަރާތްތަކުންވެސް ކޮށްދެއްވަމުން އަންނަ މަސައްކަތް ސަރުކާރުން ބަލައި ގަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިހާރު ލިބެމުން އަންނަ މުސާރަ އަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ފަރާތްތަކަށް އެންމެ އެކަށީގެންވާ މުސާރަ ނޫން ކަމަށާއި، އެކަން ބަލާ އެ ފަރާތްތަކަށް ފަހި ދިރިއުޅުމެއް އުޅެވޭނެ ގޮތް ސަރުކާރުން ހަދައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. 

ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލި އިއުލާން ކުރެއްވުމަށް ރައީސް ސޯލިހު ގައުމާއި މުހާތަބު ކުރައްވާ ރައީސް މިމަހުގެ އެއް ވަނަ ދުވަހު ދެއްވި ހިތާބުގައި ވިދާޅިވީ،  ދައުލަތުގެ ޒިންމާތަކާ ހަވާލުވެވަޑައިގެން އެކަށީގެންވާ އާމްދަނީއެއް ހޯދައި ދިނުމަކީ ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ޒިންމާއެއް ކަމަށެވެ.

"ހުރިހާ ދާއިރާތަކެއްގެވެސް މުސާރަ ބޮޑުކުރާނަން. ހަމައެކަނި ތައުލީމީ ދާއިރާއެއް ނޫން. ދައުލަތުގެ ޒިންމާތަކާ ހަވާލުވެވަޑައިގެން އެކަށީގެންވާ އާމްދަނީއެއް ހޯދައި ދިނުމަކީ ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ޒިންމާއެއް" ރައީސް ވިދާޅުވިއެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް