ads
ލަންކާގެ ރައީސް ގޮޓްބާޔާ ރާޖަޕަކްސަ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ
ލަންކާގެ ރައީސް އާއި ބޮޑުވަޒީރު މަގާމުން ދުރުކުރަން މަޖިލީހަށް
ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާގެ ސަބަބުން އެގައުމުގެ ހާލަތު ގޯސްވެ އެތައް ރައްޔިތުންނެއް ނިކަމެތިވަމުން ދަނިކޮށް، އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަދި ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސަ މަގާމުން ދުރުކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ.
Advertisement

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެގައުމުގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރަމަދޭސަ އިސްކޮށް ހުންނަވާ އެގައުމުގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުންނެވެ. 

އެގައުމުގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި ރައީސް އާއި ބޮޑުވަޒީރު މަގާމުން ދުރުކުރަން ހުށަހެޅި ލިޔެކިޔުންތައް މިހާރު ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަށް ލިބިފައި ވާކަމަށާއި، ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅާފައި ވާއިރު، ބޮޑުވަޒީރާއި، އޭނާގެ ވަޒީރުން މަގާމުން ވަކިކުރަން ވަނީ ހުށަހަޅާފައެވެ. 

އެގައުމުގެ ނޫސްތަކުގައި ކޮށްފައިވާ ރިޕޯޓްތަކުގައި ބުނެފައި ވާގޮތުން އެގައުމުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ބޭނުން ވާއިރު، ރައީސް އަށް ވަފާތެރި ގިނަ މެމްބަރުން އަދިވެސް ސަރުކާރާއި އެކު ތިބުމުން އެ ހުށަހެޅުން ފާސް ވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. 

އެހެން ނަމަވެސް ބޮޑުވަޒީރާއި، އޭނާގެ ވަޒީރުން ބޭރު ކުރުމަށް މަޖިލީހުގެ މެޖޯރިޓީ ވޯޓު ބޭނުންވާތީ އެ ހުށަހެޅުން ފާސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވަނީ ބުނެފައެވެ. 

ލަންކާގެ ހާލަތު ގޯސްވުމުގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުންތަކާއި، ގައުމުގެ ސިޔާސީ މަސްރަހު ގޯސްވުމުގެ ސަބަބުން އެގައުމުގެ ރައީސް އާއި ބޮޑުވަޒީރު މަގާމުން ދުރުވާން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެދެ ބޭފުޅުންވެސް ވަނީ އިސްތިއުފާ ނުދޭނެ ކަމަށް ބުނެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް