އިލޮން މަސްކް
ޓުވިޓާ ބޭނުން ކުރާ ފަރާތްތަކުގެ އަތުން ފައިސާ ނަގަން ޖެހިދާނެ
Share
ޓުވިޓާ ބޭނުން ކުރާ ފަރާތްތަކުގެ އަތުން ކުރިއަށް ހުރި ދުވަސްތަކުގައި ފައިސާ ނަގަން ޖެހިދާނެ ކަމަށް އީލޮން މަސްކް ބުނެފިއެވެ.
Advertisement

ސާޅީސް ހަތަރު ބިލިއަން ޑޮލަރަށް ޓުވިޓާ ގަތުމުގެ ކަންކަން ފުރިހަމަ ކުރުމާއި ގާތަށް މަސްކް ޖެހިފައި ވާއިރު، މަސްކް މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކަންކަން ވާގޮތުން ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭ ޓުވިޓާ ބޭނުން ކުރާ ފަރާތްތަކުގެ އަތުން ފައިސާ ނަގަން ޖެހިދާނެ ކަމަށާއި، އެހެން ނަމަވެސް މި ފައިސާ ނަގާނީ، ވިޔަފާރި ތަކާއި ސަރުކާރުގެ އިދާރާތަކުގެ އަތުން ކަމަށެވެ. 

އަދި މިހާރެކޭވެސް އެއްގޮތަށް ޓުވިޓާ ބޭނުން ކުރާ އާއްމު ފަރާތްތަކުގެ އަތުން ފައިސާ އެއް ނުނަގާނެ ކަމަށްވެސް މަސްކް ވަނީ ބުނެފައެވެ. 

މަސްކް އިތުރަށް ބުނީ، ޓުވިޓާ އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުންފުންޏާއި ހަވާލުވާ ހިސާބުން ފެށިގެން ކުރާނެ ކަމަށާއި، އެހެން ނަމަވެސް ގެންނަ އެއްވެސް ބަދަލެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ބުރައެއް އުފުލަން ނުޖެހޭނެ ކަމަށެވެ. އަދި ފައިސާ ނެގިނަމަވެސް ނަގާނީ ވަރަށް ކުޑަ އަދަދެއް ކަމަށްވެސް މަސްކް ވަނީ ބުނެފައެވެ. 

މަސްކް ޓުވިޓާ ގަތުމަށް ނިންމުމާއި ގުޅިގެން މިހާރުވެސް ބައެއް ފަރާތްތަކުން ވަނީ ޓުވިޓާ ބޭނުން ކުރުން ހުއްޓާލާފައެވެ. އެހެން ކަމުން ފައިސާ ނަގާގޮތަށް ނިންމާފިނަމަ ޓުވިޓާ ބޭނުން ކުރާ އިތުރު މީހުން އެ ބޭނުން ކުރުން ހުއްޓާލާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް