ads
ރޭޕް
އުމުރުން ހަތް އަހަރުން ފެށިގެން ބައްޕަގެ ރަހުމު ކުޑަ އަނިޔާތައް!
މިއީ މީގެ އަހަރު ތަކެއް ކުރިން ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގާފައިވާ ހަގީގީ ހާދިސާއެކެވެ. މިއީ މި ހާދިސާ ދިމާވި ފަރާތުން "ސީއެންއެމް" އާއި ހިއްސާ ކުރި ވާހަކަތަކެވެ.

އެއީ މީގެ 10 އަހަރު ކުރި ނަމަވެސް ޔަސީރާ (އަސްލު ނަމެއް ނޫން) އަށް އަދިވެސް އެ ވޭން ތަކުން ދުރަށް ދިއުން ވަނީ ނާދިރު ކަމަކަށް ވެފައެވެ. އުމުރުން އެންމެ ފަސް އަހަރުގައި ޔަސީރާގެ މަންމަ މަރުވުމުން ޔަސީރާ ބަލާ ބޮޑު ކުރީ ޔަސީރާގެ ބައްޕައެވެ. ޔަސީރާގެ އާއިލާގައި އިތުރު ކުއްޖެއް ނެތުމުން ޔަސީރާ އަކީ ލޯއްބާ އަޅާލުމާއި އެކު ބޮޑުވަމުން އައި އުފާވެރި މިޒާޖެއްގެ ކުއްޖެކެވެ. 

އުމުރުން ފަސް އަހަރުގައި ޔަސީރާގެ މަންމަ މަރުވުމުން ޔަސީރާގެ ބައްޕަ މުހައްމަދު ރަޝީދު (އަސްލު ނަމެއް ނޫން) އަށް ލިބުނީ، ބުނެދޭން ނޭނގޭ ހިތާމައެކެވެ. ކުރަމުން ދިޔަ މަސައްކަތުން ދުރުވެ އަބަދުހެން މުހައްމަދު އޮންނަނީ ގޭގައެވެ. ޔަސީރާގެ ކަންކަން ކޮށްދީ ހަދަނީ މުހައްމަދު އެވެ. ޔަސީރާއަށް މަންމަގެ ލޯއްބާއި ބައްޕަގެ ލޯބިވެސް ދިނީ މުހައްމަދު އެވެ. 

އެހެން ނަމަވެސް ދުނިޔެއަކީ އިންސާނާ އެންމެ ހީނުކުރާ ގޮތަށް ކަންކަން ވަމުން އަންނަ ތަނެއް ކަމުން ޔަސީރާ އަށް ބައްޕަގެ ފަރާތުން ލިބެމުން ދިޔަ ލޯބި ހިނދުކޮޅެއް ތެރޭ ބަދަލުވެގެން ދިޔައެވެ. އުއްމީދުގެ ހުޅުކޮޅު ފަނޑުވެ ޔަސީރާގެ މުޅި ހަޔާތް ކަނު އަނދިރި ކަމުގެ ތެރެއަށް ގެއްލިގެން ދިޔައެވެ. އަޅާލާނެ އިތުރު މީހެއް ނެތި މުޅި ދުނިޔެއަށް ޔަސީރާ ގިނަވީ އޭނާގެ އުފަން ބައްޕަގެ ސަބަބުން ކަމަށް ޔަސީރާ ކިޔާދިނީ އަސަރާއި އެކުއެވެ. 

"ބައްޕަ އަކީ ބައްޕަކަން އަބަދުވެސް ހަނދާން ކުރާނަން. އެހެން ނަމަވެސް ބައްޕަގެ ފަރާތުން ލިބުނު އަނިޔާތަކަށް ދުވަހަކުވެސް މާފެއް ނުކުރާނަން. ބައްޕައަށް ވުމުން އަދާ ކުރަންޖެހޭ ޒިންމާތައް އަހަރެން އަދާ ކުރާނަން. އެކަމު މިހިތަކުން ބައްޕަ އަށް ދޭނެ ލޯއްބެއް ނެތް." ވާހަކަ ފެށުމުގެ ކުރިން ޔަސީރާ ބުންޏެވެ.

އެއީ އަހަރެންގެ މާމަ މެން ގެއަށް އައި ދުވަހަކެވެ. ގޭގައި އެންމެން މަޖަލުގައި އުޅެމުން ދިޔައިރު ބައްޕަ ކޮންމެސް މީހަކާ ބައްދަލު ކުރަން އެވަގުތު ވަނީ ބޭރަށް ގޮސްފައެވެ. މާމަ މެން ގޭގައި ތިބެފައި ދިޔައިރުވެސް ބައްޕަ ނައުމުން އަހަރެން ބައްޕަ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލާގެން އޮތީމެވެ. އެހެން ނަމަވެސް ބައްޕަ ގެއަށް ނައިސް އެތައް އިރެއްވުމުން އަހަރެންނަށް އެނދުގައި އޮތްވާ ނިދުނީއެވެ. 

އަހަންނަށް ހޭލެވުނީ މީހެއްގެ ހޫނު ނޭވާ އަހަރެންގެ މޫނަށް އިހުސާސް ކުރެވުމުންނެވެ. އަހަރެންނަށް ހޭލެވުނު އިރު އަހަރެންނަށް ފެނުނީ އަހަރެންގެ ބައްޕަގެ މޫނު އަހަރެންގެ މޫނާއި ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓައެވެ. އެހެން ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އަހަރެން ބައްޕަ އަށް ގޮވާލީމެވެ. އެހެން ނަމަވެސް ބައްޕަ އަހަރެންގެ މޫނަށް ބަލަހައްޓައިގެން އޮތީ، "ކާން ނުދީ އޮތް ބުޅަލަކަށް މަސް ގަނޑެއް ފެނުމުން" ބަލަން އޮންނަ ގޮތަށެވެ. 

އިރުކޮޅެއް ވަންދެން ބައްޕަ އަހަރެންގެ މޫނަށް ބަލަން އޮތެވެ. އެއަށް ފަހު ބައްޕަ އަހަރެން ކަންފަތް ކާރީ ވަރަށް ސިއްރުން ބުނެލި ބަސް މިއަދުވެސް އަހަރެން ހަނދާން އެބަހުއްޓެވެ. 

"ދަރިފުޅު ހާދަ ވައްތަރޭ ދޯ މަންމަ އާ. މަންމަ ދުނިޔޭގައި ހުރި އިރު ބައްޕަ އަށް ކޮށްދިން ކަންކަން ވާނެ އިނގޭ ދަރިފުޅު ބައްޕަ އަށް ކޮށްދޭން."

އެއީ އެހާބޮޑު ކަމެއް ކަމަށް އަހަރެންގެ ކުޑަ ސިކުނޑިއަކަށް އޭރު ނުވިސްނުނެވެ. އަހަރެންގެ އުމުރުން އޭރު އެންމެ ހަތް އަހަރު ކަމުން އަހަރެންނަށް ބައްޕަ އެ ބުނި ބަހުގެ މާނަ ނޭނގުނީއެވެ. އެހެން ބައްޕަ ބުނުމަށްފަހު ބައްޕަ ދެން އަމަލު ކުރީ އަހަރެން ދުވަހަކުވެސް ހީނުކުރާ ގޮތަށެވެ. ބައްޕަ އަހަރެންގެ މުޅި ހަށިގަނޑަށް ބޮސްދެމުން ބައްޕަ ލާގެން ހުރި އަންނައުނުތައް ބޭލިއެވެ. އަދި އަހަރެން ކައިރީ ވެސް އަންނައުނުތައް ބޭލުމަށް ބުނުމުން ކުޑަކޮށް ފަސްޖެހި ހުރެ ނަމަވެސް އެކަން އަހަރެން ކުރީ އެއްވެސް ވަރެއްގެ ވިސްނުމެއް ނެތިއެވެ. 

ބައްޕަ ކުރަމުން ދިޔަ ކަންކަން އަހަރެންނަށް އޭރު ނޭނގުނަސް އަހަރެންނަށް ފަހުން ވިސްނެން ފެށުމުން އެއީ ބައްޕަ އަކު ކޮށްގެން ވާނެ ކަންކަން ނޫންކަން އަހަރެންނަށް އެނގުނެވެ. އެހެން ނަމަވެސް އެރޭ ބައްޕަ ބޭނުން ހުރިހާ ކަމެއް ކުރީ މަންމަ ކޮށްދޭ ކަންކަން ކުރަންޖެހޭ ކަމަށް ބައްޕަ އަހަރެންނަށް ވިސްނައި ދިނުމުންނެވެ. 

އަދި އެ ކަންކަން އެއްވެސް މީހެއްގެ ގާތު ނުބުނުމަށް ބައްޕަ އަހަރެންނަށް ޝަރުތު ކުރިއެވެ. އެވާހަކަތައް އަހަރެން އެއްވެސް މީހެއް ގާތު ނުބުނަމެވެ. އެހެން ނަމަވެސް ބައްޕަ އޭގެ ފަހުން އަހަރެންގެ އުމުރުން 16 އަހަރާއި ޖެހެންދެން އެކަންކަން ކުރަމުން ގެންދިޔައެވެ. ނުވަ އަހަރު ވަންދެން އަހަރެންގެ ބައްޕަ އަހަރެންގެ ކިބައިން އުފާ ހޯދަމުން ދިޔައީ އަހަރެން މިއީ އުފަން ދަރިކަން ހަނދާން ނައްތާލައިގެންނެވެ. 

ކައިވެނި ކޮށްގެން އުޅޭ ދެމަފިރިން ކުރާ ހުރިހާ ކަމެއް ބައްޕަ ދިޔައީ އަހަރެންގެ ކިބައިން ކުރުވަމުންނެވެ. އެކަން ބައްޕަ ކުރަމުންދިޔަ އިރު މީހަކަށް "ރޭކާވެސް" ނުލިއެވެ. އަހަރެންވެސް އެއީ ބައްޕަ އަށް ވީތީ އެކަން ސިއްރު ކުރީއެވެ. ދުނިޔޭގެ ލަދަށް އެކަން ނުބުނެ ހުރީއެވެ. ކުޑައިރު ބައްޕަ ކުރަން ފެށި ކަންކަން ބޮޑުވެ ހެވާއި ނުބައި ވަކިވިއިރުވެސް ނުބުނެ ހުރީ އެހެންވެއެވެ. ކޮންމެހެން އެކަމުން އަހަރެންނަށް އުފާތަކެއް ލިބޭތީއެއް ނޫނެވެ. އެހެން ނަމަވެސް އެ ނުލަފާ އަމަލުތަކުގެ ޝިކާރައިން އަހަރެން ސަލާމަތްވީ އަހަރެންގެ ބޮޑުދާތަގެ ސަބަބުންނެވެ. 

"އެކަން ބޮޑުދާތަ އަށް އެނގުނީ އެއް ދުވަހު މެންދުރު އަހަރެން ބައްޕަގެ ކޮޓަރިން ނިކުމެގެން ދިޔައިރު، ގޭގެ ސިޓިން ރޫމްގައި ބޮޑު ދައިތަ އިން. އޭގެ އިރުކޮޅެއް ފަހުން ބައްޕަ ވެސް ކޮޓަރިން ނިކުމެގެން އައިސް ބޮޑުދާތަ ކައިރީ އިށީނީ. ބައްޕަ އަށް ބޮޑުދާތަ ފެނުމުން ވަރަށް ބޮޑަށް ޝޮކެއް ލިބިފަ ހުރީ."

އެދުވަހު ބައްޕަ އާއި ބޮޑުދާތަ ދެއްކި ވާހަކައެއް އަހަރެންނަކަށް ނޭނގެއެވެ. އެހެން ނަމަވެސް އެ ދުވަހު ހަވީރު ބޮޑުދާތަ އައިސް އަހަރެން އެގެއިން ނެރެގެން ގޮސް ބޮޑުދާތަ މެން ގެއަށް ބަދަލު ކުރިއެވެ. އަދި އެރޭ ބޮޑުދާތަ އަހަރެން ކައިރީ ބައްޕަގެ ފަރާތުން އެފަދަ ކަމެއް ދިމާވޭތޯ އެހުމުން އަހަރެން ކަން ވަމުން އައިގޮތް ކިޔައިދިނީމެވެ. އަދި އެވާހަކަތައް ނުދައްކާ ސިއްރު ކުރީ ބައްޕަ ދެކެ ބިރުން ކަމަށާއި، ލަދުން ކަމަށް އަހަރެން ބުނީމެވެ. 

ބޮޑުދާތަ އަހަރެންނަށް އެކަމުގެ ހަގީގަތާ ހުރި ފާފައިގެ ވާހަކަތައް ކިޔާ ދިނެވެ. އަދި ދެން ދުވަހަކުވެސް ބައްޕަގެ ފަރާތުން އަހަރެންނަށް އެފަދަ އަނިޔާތަކެއް ނުލިބޭނެ ކަމުގެ ޔަގީންކަން ދިނެވެ. އަދި އެ މައްސަލަ ޖެންޑާ އަށް ހުށަހަޅާ އެކަމުގެ ވަބާއިން ސަލާމަތް ކޮށްދިނީ ބޮޑުދައިތައެވެ. 

މިއަދު ބައްޕަ ޖަލުގެ ތޭރި ތަކުގެ ތެރޭ ހުކުމް ތަންފީޒު ކުރަމުން ދާއިރު، އަހަރެން އުޅެމުން މިދަނީ އުފާވެރި ދިރިއުޅުކެވެ. ބޮޑުދައިތަ އާއި އޭނާގެ ފިރިމީހާ އަހަރެން ބަލަނީ އެ ދެމީހުންގެ އުފަން ދަރިން ހެންނެވެ. އަހަރެންނަށް އުނި ވާ އެއްވެސް ކަމެއް ނެތެވެ. 

86%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް