 
                                                                                                
                    ޚިޔާނާތްތެރިވެފައިވާތީ ގިނަ އައްމަޓީގެ މައްޗަށް ދައުލަތުންވަނީ އުފުލާފައެވެ. މި މައްސަލަތަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނިކޮށް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެހެންނަމަވެސް އިސްތިއުނާފު ކުރީ އެ ކަމަށް ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ކަމަށް ބުނެ ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލިއެވެ.
ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން ދެން ދިޔައީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުންވެސް ނިންމީ، ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލުމުގައި އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނާފައިވަނީ ރަނގަޅަށް ކަމަށެވެ. އެހެންނަމަވެސް، މައްސަލައިގެ މައުޟޫއަށް ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ނިންމައި، ސުޕްރީމް ކޯޓުން އެންގީ ހައިކޯޓުން މައްސަލަ އަލުން ބަލާށެވެ. މާދަމާ ފެށެނީ އެ މައްސަލައެވެ.