ads
އިންޑިޔާ އައުޓް ހަރަކާތެއްގެ ތެރެއިން
އިންޑިޔާ އައުޓު ކުރުމުން ދެންވާނީ ކިހިނެއް؟
ޅަފަތުގައި އޮތް ރާއްޖޭގެ ސިސާސީ މަސްރަހު މިވަނީ ފޯރިގަދަވާން ފަށާފަ އެވެ. ހާއްސަކޮށް އެއިރެއްގައި އޮންނަ ސަރުކާރަކާއި ދެކޮޅަށް އޮންނަ ސިޔާސީ ޕާޓީއެއްގެ ވާހަކަތަކެވެ.

މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ވަރަށް ފާހަގަކޮށްލެވޭ ކަމެއް އެބަ އޮތެވެ. 

އެންމެ ބޮޑަށް ދެކެވޭ ވާހަކަ އަކީ "އިންޑިޔާ އައުޓު" ގެ ވާހަކަ އެވެ. އިދިކޮޅު ސިޔާސީ ޓީމު ނުވަތަ [ޕީޕީއެމް-ޕީއެންސީ]  ކޯލިޝަނުން ކުރިއަށްގެންދާ ސިޔާސީ ހަރަކާތެވެ. ނުވަތަ "އިންޑިޔާ އައުޓު" ގެ ނަމުގައި ކުރަމުންގެންދާ ޝަކުވާ އެވެ. 

އިދިކޮޅު ކޯލިޝަނުން ތަކުރާރުކޮށް ބުނަމުން އެ ގެންދަނީ މި ހަރަކާތް ހުއްޓާ ނުލާނެ ކަމަށެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ ބެނާ ތަކުގައާއި ޕޯސްޓަރުތަކުގައި "އިންޑިޔާ އައުޓު" މިހެންޖަހައިގެންނެވެ. ބާކީ ބައި ފުރިހަމަ ކުރަނީ މީސްމީޑިޔާގެ ޒަރީއާއިންނެވެ. 

އިދިކޮޅުން ބުނަނީ އެއީ ރާއްޖޭގައިތިބި އިންޑިޔާ މިލިޓަރީ ފަރާތްތައް [އިންޑިޔާ ސިފައިން] ބޭރުކުރަން ފަށައިގެން އުޅޭ އަޑު އުފުލުމެއް ކަމަށެވެ. މި ކެމްޕޭނުގައި އިދިކޮޅުން ބޭނުން ކުރަމުންގެންދަނީ އިންޑިޔާގެ ގައުމީ ދިދަ އާއި، ލޯގޯ އެވެ. 

އިންޑިޔާ އައުޓު ހަރަކާތް ހިންގާތީ އެކިއެކި ފިއްތުންތައް އިދިކޮޅު ކޯލިޝަނަށް ލިބެމުން އަންނަކަން އެފަރާތްތަކުން ފާހަގަ ކުރެ އެވެ. ނަމަވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ވާހަކަ އަބަދުވެސް އަންނަނީ ދައްކަމުންނެވެ. އެކިއެކި އިންޒާރުތައް ޕާޓީގެ ރައީސަށްވެސް ދީފައިވާކަން އިދިކޮޅުން އެބަ ފާހަގަ ކުރެ އެވެ.

" މީ ގައުމީ ހަރަކާތެއް. ރައީސް ޔާމީނަށް އިންޒާރު ދިނަސް މިކަން ނުހުއްޓާނަން. މިހާރު މި އުޅެނީ މިކަން ކުރެވެން އޮތް ވަރަކުން ފުޅާކުރަން. " އިދިކޮޅު ކޯލިޝަނުގެ މުގުލުގައި ހުރި ސިޔާސީ މީހަކު ބުންޏެވެ.

އިންޑިއާ އައުޓު ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއް ކަމަށް ކަނޑައަޅާ އެކަން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއްވެސް ނެރުއްވާފަ އެވެ. 

your imageއިންޑިޔާއައުޓް ބެނާއެއް އިމާރާތެއްގައި ހަރުކޮށްފައި

އެ ގަރާރުގައި ބުނެފައިވަނީ، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ، ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ. 

އަދި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން އެގޮތުގެ މަތިން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، ގަރާރު އެކަށައެެޅީ ކަމަށް އެ ގަރާރުގައި ވެއެވެ.

ގަރާރު އޮތީ އޮތްތަނުގަ އެވެ. ހަރަކާތައް ފުޅާކޮށް މުޅި ގައުމުގައި މި އަޑު ވަނީ ގުގުމާލާފަ އެވެ. މި ހަރަކާތް ހިންގާތީ އެކަން ހުއްޓުވަން ސަރުކާރުގެ އިދާާރާތަކުންވެސް ފާރަވެރިވަނީ އެވެ. މިކަން ކުއްވެރިކޮށް ބަޔާންތައް ނެރެނީއެވެ. ފުލުހުންގެ މަސައްކަތްތައްވެސް ހަމަ އެހާމެ ކުޅަދާނަ އެވެ. ފުލުހުންގެ ޓީމުން އިދިކޮޅުގެ ޖަގަހައަށްވެސް ވަންނަނީ އެވެ. 

" ކޯޓު އަމުރެއް އެ ދިނީވެސް ހަމަ ޖެއްސުމެއް ކުރަން. އެއްވެސް އިންސާފެއްވެސް ނެތެންނުން. ރައީސް ޔާމީނަށް އިންޒާރުދިނީމަ އެކަން ބަލައިދޭން އެދުނީ. އެކަމަކު ފުލުހުންގެ ޓީމު އައިސް ކޯޓު އަމުރާއެކު އޮފީހަށް ވަދެ ބެނާ އާ އެއްޗިހި ނަގައިގެން ދިޔައީ. " ޕީޕީއެމްގެ ތަރުޖަމާނު

އިންޑިޔާ އައުޓު ބެނާ ހަރުކޮށްފައި ހުރި ގޭގޭގެ ވެރިންވެސް ފުލުހަށް ހާޒިރުކޮށް ސުވާލު ކުރަނީ އެވެ. ބެނާތައް އަތުލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ އެވެ. ނަމަވެސް މިކަމެއް ހުއްޓޭނެ ކަމުގެ ކަމުގެ އިޝާރާތެއް އަދި ފެންނަން ނެތީ އެވެ. އަދި މިކަން ނުހުއްޓާނެ ކަމަށް ބުނެ ތަކުރާރުކޮށް ގޮވަމުން އަޑު އުފުލަމުން ދަނީ އެވެ. 

މުޅި ސޯޝަލް މީޑިޔާގައިވެސް އިދިކޮޅުން ދައްކަނީ ހަމަ މި މަންޒަރެވެ. އިންޑިޔާ އައުޓުގެ ޓީޝާޓު ތަކާއިއެކު އިދިކޮޅުގެ ފައުޖުތައް ކޮންމެ ދުވަހަކުވެސް މަގުމައްޗަށް ފެނިލަ އެވެ. މި ކެމްޕެއިނުގެ މައި ޖަގަހައިގެ ކުރި މައްޗަށެވެ. 

އިދިކޮޅުގެ މި ކެމްޕެއިނާ ގުޅިގެން މީސް މީޑިޔާގައި ދެކެވޭ ވާހަކަތަކަށްވެސް ބަލާލީމެވެ. އެންމެންވެސް ކިޔަނީ ހަމަ އެއްވާހަކަ އެކެވެ. " އިންޑިޔާ އައުޓު ކުރުމުން ދެންވާނީ ކިހިނެއް.؟ " ހެއްޔެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް