ads
ކަމީ ރީތާ: 26 ފަހަރު ރިކޯޑް ވަނީ ހަދާފައި
މައުންޓް އެވަރެސްޓަށް އެރުމުގެ ރެކޯޑް 26ފަހަރަށް ގާއިމް ކޮށްފި!
ނޭޕާލްގެ މައުންޓް އެވަރެސްޓް ފަރުބަދައަށް އެރުމުގެ ރިކޯޑް 26 ވަނަ ފަހަރަށް މުގުރާލައިފިއެވެ.

އުމުރުން 52 އަހަރުގެ ކަމީ ރީޓާ ، 8،848.86 މީޓަރު (29،031.69 ފޫޓު) ގެ ފަރުބަދަ އަށް އަރާފައި ވަނީ ހޮނިހިރު ދުވަހު އެވެ.

އޭނާ މިއަހަރު މުގުރާލާފައިވަނީ މިދިޔަ އަހަރު ހަމަ އޭނާ ހެދި ރިކޯޑެވެ.

ވެރިރަށް ކަތަމަންޑޫގެ ޑިޕާޓްމަންޓް އޮފް ޓޫރިޒަމްގެ ޑިރެކްޓާ ޖެނެރަލް ތާރާނާތު ޢަދިކާރީ ވިދާޅުވީ ކަމީ ރީޓާ ވަނީ އޭނާގެ އަމިއްލަ ރެކޯޑް މުގުރާލައި، މައުންޓް އެވަރެސްޓް އަށް އެރުމުގެ އާ ރެކޯޑް ގާއިމް ކޮށްފައި ކަމަށެވެ.

ކަމީ ރީތާގެ އަންހެނުން ބުނީ ފިރިމީހާ ހޯދި ކާމިޔާބީއާ މެދު އުފާކުރާ ކަމަށެވެ.

ކަމީ ރީޓާ ބޭނުންކުރި ފަރުބަދައަށް އެރުމުގެ ރޫޓަކީ 1953 ވަނަ އަހަރު ނިއުޒިލޭންޑުގެ ސަރ އެޑްމަންޑް ހިލަރީ އާއި ނޭޕާލްގެ ޝަރްޕާ ޓެންޒިންގ ނޯރގޭ ހޯދި އަދިވެސް އެންމެ މަޤްބޫލު ރޫޓެވެ.

މިއަހަރުގެ މެއި މަހުގެ ނިޔަލަށް ކުރިއަށްދާ ޕީކް ސީޒަނުގައި އެވަރެސްޓް ފަރުބަދައަށް އެރުމުގެ 316 ހުއްދައެއް ނޭޕާލުން ވަނީ ދޫކޮށްފައެވެ.  މިދިޔަ އަހަރު 408 މީހުންނަށް ހުއްދަ ދޫކޮށްފައިވާއިރު އޭއީ މިހާތަނަށް އެންމެ ގިނަ މީހުންނަށް ހުއްދަ ދިން އަހަރެވެ.

މިހާތަނަށް ފަރުބަދައަށް އެރުމުގެ ތެރޭގައި 311 މީހުން ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް