ads
މުޒާހަރާގައި ބައިވެރިވި ގައިދީން
ލަންކާގެ މުޒާހަރާގައި ޖަލުގައި ތިބި ގައިދީން ބޭނުން ކުރި ކަމުގެ ތުހުމަތު!
ލަންކާ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ފަރާތްތަކާއި ދެކޮޅަށް އިއްޔެ އެގައުމުގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އެގައުމުގެ ޖަލުތަކުގައި ތިބި ގައިދީން ބައިވެރިވެފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ، އިއްޔެ ހިންގި ހަމަނުޖެހުންތަކުގައި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުގެ ތެރޭގައި އެގައުމުގެ ޕަޑުކާގެ ވަތަރޭކާ އޯޕަން ޕްރިޒަން ކޭމްޕުގެ ގިނަ ގައިދީންތަކެއް ބައިވެރިވެފައި ވާކަމަށެވެ. އަދި މިކަމަކީ ސަރުކާރުން އަޑީގައި އޮވެގެން އެގައުމުގެ މަސްލަހަތު ނަގާލުމަށް ހިންގި ކަމެއް ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ. 

މި ހަމަލާތަކުގެ ސަބަބުން މުޅި ސްރީލަންކާގައި ހަމަނުޖެހުންތައް ބޮޑުވެ، މުޅި ސްރީލަންކާގައި ކާފިއު އިއުލާންކޮށްފައި ވީނަމަވެސް، މި ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ތާއީދު ކޮށް ހަމަނުޖެހުން ހިންގި މީހުން ހައްޔަރު ކޮށް ސުވާލު ކޮށްފައެވެ. އެމީހުން ބަންދުކޮށް އާންމުން ސުވާލުކުރުމުން އެފަރާތްތަކުން ވަނީ އެމީހުންނަކީ ޖަލުގައި ތިބި ގައިދީން ކަމަށާއި، އެމީހުން ޖަލުން ނެރެ އިއްޔެ ހެނދުނު ޓެމްޕަލް ޓްރީސްގައި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ބޭއްވި ބައްދަލުވުމަށް އެމީހުން ގެންދިޔައީ ޖަލުގެ ވެރިކަން ކަމަށް ބުނެފައެވެ. 

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްރީލަންކާގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ މެމްބަރެއް ކަމަށްވާ އަބިކާ ސަތުކުނަތަން ވަނީ މިކަމުގެ ސަބަބުން ޖަލުތަކުގެ ވެރިންނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ބުނެފައެވެ. އަދި ސަރުކާރުން އެމީހުން ޖަލުން ނެރެން އެންގި ނަމަވެސް ގާނޫނަށް ކޮންމެ މީހަކުވެސް ތަބާވާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ. 

އަދި މިގޮތަށް ކަންތައް ކުރުމުން އިއްޔެ އެގައުމުގައި ހިނގި ހަމަނުޖެހުމާއި މިހާރު އެގައުމުގައި ހިނގަމުން އަންނަ ހަމަނުޖެހުން ތަކަކީ، ސީދާ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށް އަބީކާ ވަނީ ބުނެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް