ads
ޔޫރޯ ބަލައިލާން ދިއުމުގެ ފުރުސަތު ލިބޭ ގުރުއަތުލުން ކޮކާކޯލާއިން ފަށައިފި
ޔޫރޯ ބަލައިލާ ދިއުމުގެ ފުރުސަތު ލިބޭ ގުރުއަތުލުން ކޮކާކޯލާއިން ހޮނިހިރު ދުވަހުގެ ރޭ ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ނަސީބުވެރި 10 ކަޕުލް އަކަށް ޔޫރޯ 2020 ވަގުތުން ބަލާލުމަށް އަރެލެންޑަށް ދިއުމުގެ ފުރުސަތު ލިބިގެންދެއެވެ. 

މީގެ އިތުރުން އައިފޯން 11 އާއި އެލްއީޑީ އެޗްޑީ ޓީވީގެ އިތުރުން ޔޫރޯގެ އޮފިޝަލް ބޯޅަ ލިބުމުގެ ފުރުސަތު ލިބެއެވެ. 

ޔޫރޯ ބަލައިލާން ދިއުމުގެ ފުރުސަތު އޮންނަ ގުރުއަތުލުން ނަގާނީ، ކޮންމެ ހަފްތާއަކު އެއްފަހަރު އެވެ. އައި ފޯނާއި، އެޗްޑީ ޓީވީ އިތުރުން ޔޫރޯގެ އޮފިޝަލް ބޯޅަ ލިބޭ ގުރުއަތުލުން ކޮންމެ ރެއަކު ނަގާނެއެވެ.  

މިގޮތުން، ގުރުއަތުލުމުގެ ފުރަތަމަ ނަސީބު ވެރިން ރޭ ވަނީ ހޮވާފައެވެ. 

ޔޫރޯ ބަލައިލަން ދިއުމުގެ ފުރުސަތު: 

ކޯޑު:  SYMUXL

އިނާމު: COUPLE TRIP TO IRELAND

---------------------

އައިފޯނު 11 :

ކޯޑު:  VDRGHK

އިނާމު: iPhone 11

ފުޓުބޯޅައަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި ރަން މަތިގަނޑު ޖަހާފައިހުރި ކޯކު ފުޅި މަތީގަނޑުގައި އިންނަ ކޯޑު ޖެހުމަށްފަހު 2626 އަށް އެސްއެމްއެސް ކުރައްވަން ޖެހެއެވެ. 

މި ޕްރޮމޯޝަން ކުރިއަށްދަނީ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ކޮކާކޯލާ ކުންފުންޏަކީ ރާއްޖެއަށް އިޖުތިމާއީ ގޮތުންނާއި ތަފާތު އެހިނިހެން ރޮނގުރޮނގުން ކެނޑިނޭޅި އެހީތެރިވަމުން އަންނަ ކުންފުންޏެކެވެ.

 ކޮކާ ކޯލާ އިން ވަނީ މީގެ ކުރިންވެސް މިފަދަ ގިނަ ޕްރޮމޯޝަންސްތަކެއް ބާއްވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް