
ބީއެމްއެލް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، ހޮޓެލް ޖެންގައި ކަމަށާއި، މި ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ޕްރީ-ރަޖިސްޓަރީ ކުރާ ހިއްސާދާރުންނާއި ޕްރޮކްސީހޯލްޑަރުން ޖަލްސާ އަށް ހާޒިރުވެގެން ކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް ވެސް މި ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
މިގެ އިތުރުން ބޭންކުން ބުނީ، އަހަރީ ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
ބީއެމްއެލް އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައި ވާކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.