ads
ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ
ރާޖަޕަކްސަ މިވަގުތު ހުންނެވީ ސިފައިންގެ ބެލުމުގެ ދަށުގަ: ޑިފެންސް ސެކްރެޓަރީ
ސްރީލަންކާގެ ބޮޑުވަޒީރު ކަމުން މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަ މިވަގުތު ހުންނެވީ އެގައުމުގެ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށް އެގައުމުގެ ޑިފެންސް ސެކްރެޓަރީ ކަމާލް ގުނަރަތުނެ ބުނެފި އެވެ.
Advertisement

ރާޖަޕަކްސަ ދިރިއުޅުއްވަމުން ގެންދެވި ޓެމްޕަލް ޓްރީސް ކައިރިއަށް މުޒާހަރާގެ ބައިވެރިން އެއްވެ ހަމަނުޖެހުން ހިންގަން ފެށުމުން، ސަލާމަތީ ބާރުތަކުން ވަނީ ރާޖަޕަކްސަ ދިރިއުޅުއްވަމުން ގެންދެވި ގެކޮޅުން އެހެންތަނަކަށް ބަދަލު ކުރައްވާފަ އެވެ. 

މިކަމާއި ގުޅިގެން އެގައުމުގެ ސިޔާސީ ބައެއް ފަރާތްތަކުން ވަނީ، ސިފައިން ހަތިޔާރާއި އެކު ވަދެ ރާޖަޕަކްސަ ހައްޔަރު ކުރައްވައިގެން ގެންދެވީ ކަމަށް ބުނެފައެވެ. އަދި މިއީ ގައުމުގެ މަސްލަހަތު އިތުރަށް ގޯސްވާނެ ކަމެއް ކަމަށް ބުނެފައެވެ. 

އެހެން ނަމަވެސް މިއަދުގެ ވަގުތެއްގައި އެގައުމުގެ ޑިފެންސް ސެކްރެޓަރީ ކަމާލް ގުނަރަތުނެ އެގައުމުގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ސަލާމަތީ ބާރުތަކުން ހަތިޔާރާއި އެކު ރާޖަޕަކްސަ ދިރިއުޅުއްވަމުން ގެންދެވި ގެއަށް ވަނީ އެމަނިކުފާނަށް ހިމާޔަތް ދިނުމަށް ކަމަށާއި، އެމަނިކުފާނު އެ ގެއިން ނެރުއްވައިގެން ގެންދެވީ، ރިންކޮމަލީ ޑޮކް ޔާޑަށް ކަމަށް ބުނެފަ އެވެ. 

މީގެ އިތުރުން ގުނަރަތުނެ ވިދާޅުވީ، ރިންކޮމަލީ ޑޮކް ޔާޑަށް ރާޖަޕަކްސަ ގެންދެވީ، އެމަނިކުފާނަށް ހިމާޔަތް ދިނުމަށް ކަމަށާއި، އެމަނިކުފާނު ހުންނެވީ ހައްޔަރުގައި ނޫން ކަމަށެވެ. އަދި ގައުމުގެ މަސްރަހު އަލުން ރަނގަޅުވުމުން ރާޖަޕަކްސަ ބޭނުންފުޅު ތަނަކަށް ބަދަލު ކުރެވިގެން ދާނެ ކަމަށް ވަނީ ބުނެފައެވެ. 

ލަންކާގެ ހާލަތު ގޯސްވެ އެގައުމުގެ މިނިސްޓަރުންނާއި ކުރީގެ މިނިސްޓަރުން ހިމެނޭހެން 37 މީހެއްގެ ގޭގައި މުޒާހަރާގެ ބައިވެރިން ވަނީ ހުޅުޖަހާ ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައެވެ. މީގެ އިތުރުން ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެމްބަރުންގެ ގެ ތަކުގައިވެސް މުޒާހަރާ ކުރާ ފަރާތްތަކުން އަންނަނީ ހުޅު ޖަހަމުންނެވެ. 

ސަރުކާރު އޮފީސްތަކާއި، ވެހިކަލްތަކުގައިވެސް މުޒާހަރާ ކުރާ ފަރާތްތަކުން ރޯކުރަމުން އަންނައިރު، އެގައުމުގެ ސަރުކާރުން ވަނީ އެފަދަ ކަންކަން ކުރާ ފަރާތްތައް ހުއްޓުވުމަށް ބަޑިޖެހުމަށް އެގައުމުގެ ފުލުހުންނާއި ސިފައިންނަށް އަމުރު ކޮށްފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް