ads
ޓިވެޓް ސެންޓަރެއް އަލިފުށީގައި ހަދަން ވީ އަވަ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް ސޮއި ކުރުން: ފޮޓޯ/ ހަޔާ އެޑިއުކޭޝަން
އަލިފުށީ ޓިވެޓް ސެންޓަރު އަޅަން ހަވާލުކޮށްފި
ރ. އަލިފުށީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްޓޭޓް އޮފް ދި އާޓް، ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިން (ޓިވެޓް) ސެންޓަރުގެ މަޝްރޫއު އެވޯޑުކޮށްފަ އޮންނަތާ ދެމަސް ފަހުން އެވޯޑުކުރި ކުންފުންޏާއި މަސައްކަތް ހަވާލުކޮށްފި އެވެ.

ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނިގެން ޖޫނިއަ ކޮލެޖް، ޕޮލިޓެކްނިކް އަދި ޓިވެޓް އިންސްޓިޓިއުޓްތައް ބިނާކޮށް، ހިންގުމަށްޓަކާ ރާއްޖޭގެ އެކި ސަރަހައްދު ތަކަށް އަމާޒުކޮށްގެން ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުން ހަޔަ އެޑިޔުކޭޝަނުން މިނިސްޓްރީން، ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ތެރެއިން އަލިފުށީގައި އެކޮމޮޑޭޝަން ބްލޮކަކާއެކު އެޅުމަށް ހަމަޖެހިފައިވާ ޓިވެޓް ސެންޓަރުގެ މަސައްކަތުގެ ބިޑް މަރުހަލާއިން ކުންފުންޏެއް ހޮވިފައި އޮންނަތާ ދެ މަސް ވަރު ވަނީ ވެފައެވެ. ނަމަވެސް އެއްބަސް ވުމުގައި ސޮއި ކޮށްފައެއް ނުވެއެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި ދެމަސް ފަހުން “ވީ އަވަ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ”އެކު އިއްޔެ ވަނީ ސޮއިކޮށްފައެވެ. މަސައްކަތް ހަވާލުކުރީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މަޝްރޫއު ހަވާލުކޮށްފައިވަނީ 30.49 މިލިއަން ރުފިޔާއަށެވެ.

އަލިފުށީގައި އެ ސެންޓަރު ގާއިމް ކުރަނީ 38،328 އަކަފޫޓް ބިމެއްގައެވެ. ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ސެންޓަރު އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ އަލިފުށީ ޕޮލިޓެކްނިކް ކެމްޕަސްގެ ބިމުގައި ކަމަށެވެ. އަދި އެބިމުގެ ހުޅަނގުން އޮތް ބިންވެސް ހިމެނޭގޮތަށް ކަމަށެވެ. 

އެ ސެންޓަރުގައި ބޯޓް ބިލްޑިން ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށް ހާއްސަ ކުރެވޭނެ އެވެ.

އެ ޓިވެޓް ސެންޓަރު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ތިން ފަންގިފިލާ އަށެވެ. އެއީ އިންސްޓިއުޓް ބްލޮކަކާއި ބޯޓްޔާޑަކާއި އެކޮމޮޑޭޝަން ބްލޮކަކާއި އެކްޓިވިޓީ އޭރިއާއެއް ވެސް ހިމެނޭ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް