ads
ތިލަމާލެ ބުރިޖުގެ ކޮންކްރީޓު ސަޕްލައިކުރުމަށް ވެވުނު އެއްބަސްވުމުގެ ތެރެއިން
ތިލަމާލެ ބުރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައިކުރަން އެސްޓީއޯއަށް
ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކްރީޓް ސަޕްލައި ކުރަން އެސްޓީއޯ އާއި އެފްކޮން އިންފްރާސްރަކްޗާ ލިމިޓެޑްއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ޕްރޮޖެކްޓުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގޑިރެކްޓަރު ހުސެއިން އަމްރެވެ. އެފްކޮންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޕްރޮޖެކް މެނޭޖަރު ވީ މަދުސްދަނަން އެވެ.

އެއްއަހަރު ދުވަހަށް ސޮއި ކުރި މިއެގްރީމަންޓްގެ ދަށުން 7500 ކިއުބިކް މީޓަރގެ ރެޑީމިކްސް ކޮންކުރީޓް ގަތުމަށް އެފްކޮންއިން ވަނީ އެއްބަސްވެފައެވެ.

ސަރުކާރުން ފަށާފައިވާ މި ބޮޑު ޕްރޮޖެކްޓުގައި ތިލަމާލެ ބްރިޖު އަޅަން، އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) ވަނީ ލިބިފަ އެވެ. 

ތިލަމާލެ ބުރިޖު އަޅަން އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗަރު ކުންފުންޏާ ހަވާލުކުރީ 2021 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 21 ވަނަ ދުވަހުގަ އެވެ. 

your imageތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދަނީ 

ބުރިޖު އަޅަން ކުރާ ޖެހޭ ސާވޭގެ މަސައްކަތްތައް އެފްކޯންސްގެ ސަބްކޮންޓްރެކްޓަރެއް ކަމަށްވާ ފޯސައިޓް ސާވެއާސްހަވާލުކޮށްފައިވާއިރު މި މަސައްކަތުގެ އަމަލީ ބައެއް މަސައްކަތް މިހާރު ކުރެވެމުންދާކަން ފާހަގަކޮށްލެވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް