ads
ދިއްދޫގައި އަޅާ ޖޫނިއާ ކްލެޖް
ހއ. ގައި އެޅޭ އެންމެ ބޮޑު ތައުލީމީ މަރުކަޒް ދިއްދޫގައި އަޅަން ހަވާލު ކޮށްފި
ހއ. ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަ ކޮލެޖުގެ މަސައްކަތް ވެސް “ވީ އަވަ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް” އާއި ހަވާލުކޮށްފި އެވެ. ރ. އަލިފުށީގައި އަޅާ ޓިވެޓް ސެންޓަރުވެސް ހަވާލުކުރީ މި ކުންފުންޏާއެވެ.
Advertisement

މި މަޝްރޫއަކީ، ހަޔަ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަހައްދު ތަކަށް އަމާޒުކޮށް މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދިއްދޫގައި ހިންގާ މަޝްރޫއެކެވެ.

މިއަދު މި ވެވުނު އެއްބަސްވުމުގެ ދަށުން މި މަސައްކަތް ނިންމުމަށް ވީ އަވަ އިންވެސްޓްމެންޓާ ހަވާލު ކުރެވިފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 30 މިލިއަނަށެވެ.

މިއީ މި ސަރަހައްދުގައި އެޅޭ އެންމެ ބޮޑު ތައުލީމާ ގުޅޭ މަރުކަޒެވެ.

ދިއްދޫގައި ބިނާކުރާ މި ޖޫނިއަ ކޮލެޖް ހާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިން އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެ އެވެ.

މި ޖޫނިއަ ކޮލެޖް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 30،000 އަކަފޫޓްގެ ޖާގައިގައެވެ. މި ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެ އެވެ. 

މި ޖޫނިއަ ކޮލެޖުގައި ފުޑް ޕްރޮސެސިން ލެބަކާއި، ފުޑް ޓެސްޓިން ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީއެއް ވެސް ހުންނާނެއެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެ އެވެ.  

މީގެ އިތުރުން ވެސް، މި އިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު އަސާސީ ހިދުމަތްތައް (ނަމާދުކުރާނެ ތަނަކާއި ފާހާނާއާއި ލިފްޓް ފަދަ ކަންކަން) ހިމެނިފައިވާނެ އެވެ.

your imageމަޝްރޫއު ހަވާލުކޮށްފައިވަނީ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ

ސޮއި ކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔަ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދަނީ  އަތޮޅުތެރެއަށް މަތީތައުލީމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު މަސައްކަތްތަކެއްގެ ފެށުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އެމްޑީޕީ ސަރުކާރުގެ ވަރަށް މުހިއްމު ވައުދެއް ދިއްދޫގައި ޖޫނިއަ ކޮލެޖެއް އެޅުމަކީ. މަތީ ތައުލީމާއި ފުރުސަތުތައް އާ މޮޑެލެއްގެ ތެރެއިން ފަހިކޮށްދެވިގެން ދިއުން. ޒުވާނުންއަށް އާ ފުރުސަތުތަކެއް އާ އުއްމީދުތަކެއް ލިބުން. ޖޫނިއަ ކޮލެޖެއްގެ ވާހަކައަކީ ވަރަށް ޒަމާން ވެއްޖެ ދައްކާ ވާހަކައެއް. ތަރައްގީގެ ހުރިހާ ގޮތަކުން ވެސް ދިއްދޫ ރައްޔިތުން ފަހުރުވެރިވާފަދަ ތަނަކަށް ހެދުން. މިޑިޒައިނަކީ ވެސް ދިއްދޫ ރައްޔިތުން ފަހުރުވެރިވާ ރަށުގެ މުހިއްމު ލޭންޑްސްކޭޕަކަށް ވާނެކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، " މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިއްދޫ ޖޫނިއަ ކޮލެޖުން ނިކުންނަ މަސައްކަތްތެރިންނަކީ ދިއްދޫ ރައްޔިތުން ފަހުރުވެރިވާފަދަ ހުނަރުވެރި ފަންނުވެރި ތައުލީމީ އަހުލާގީ ފެންވަރު ރަނގަޅުބަޔަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި މަސައްކަތް ހަގީގަތަކަށްވެ ޑިޒައިނާއި އެއްގޮތަށް ތަން ނިމިމަސައްކަތް ވީހާވެސް ހަލުވިކަމާއެކު ކޮންޓްރެކްޓުގައި ކުރިއަށްގެންގޮސް ނިންމާލުން އެއީ އެމަނިކުފާނު އުއްމީދު ކުރައްވާ ގޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ މިއީ ދިއްދޫ އާއި ރަށް ހިމެނޭ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ލިބުނު އުފަލެއް ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައި މިނިސްޓްރީގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް