ads
އިންތިއާ އެކު އުވާލި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އައްސަދު
އުވާލި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އިންތިއާއެކު
އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ކަންތައް ނުބެލިގެން އުވާލި، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސްކަން ކުރެއްވި އަހްމަދު އައްސަދުވެސް ހުންނެވީ އިމްތިޔާޒް ފަހުމީއާއެކު ކަމަށް ވިދާޅުވެ، ފައްޔާޒް އިސްމާއިލް، އިމްތިޔާޒް ފަހުމީއަށް ފާޑު ވިދާޅުވެއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސްކަން ކުރެއްވި އައްސަދުވެސް ހުންނެވީ އިންތިއާއެކު ކަމަށް، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ، މިރޭ ކުރިއަށް ދިޔަ ސަންގު ޓީވީގެ ބަހުސްގައެވެ. އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި މިރޭ އޮތް ބަހުސް ވަރަށް ފޯރިގަދަވިއެވެ. 

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އައްސަދު، އިންތިއާއެކު އިންނެވި ފޮޓޯއެއް އާއްމުކޮށްފައިވަނީ މި ފަހުން އިންތިގެ ކެމްޕެއިން ޓީމަކުން ސޯޝަލް މީޑިއާގައެވެ. އެސެޓް ރިކަވަރީ ކޮމިޝަން މިހާރުވަނީ އުވާލާފައެވެ. 

ޚިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ރަނގަޅަށް ތަހުގީގު ނުކުރެވި ހުރުމުން އިންސާފު ހޯދައިދިނުމުގެ ބޭނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން އުވާލާފައިވަނީ މިދިޔަ މާރިޗު މަހުއެވެ. އެ ކޮމިޝަނަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރެވި އެކަމަކު އެ ކޮމިޝަނަށް ބޮޑު ހޭދައެއް ކުރާތީ އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ކުރިން އަމާޒުވެގެން ދިޔައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް