މި އިންތިހާބުގައި ވޯޓު ކަރުދާސް ފޮޓޯ ނެގުމާއި، ވޯޓު ކަރުދާސް އެހެންމީހުންނަށް ދެއްކުމަކީ އެ މީހެއްގެ ވޯޓު ބާތިލްކުރެވިދާނެ ކަމެއްކަމަށް އެމްޑީޕީގެ އިންތިޙާބާޢިބެހޭ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
ފ. ނިލަންދޫއިން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނު ވޯޓުލުމަށް ދިޔަ މީހަކު ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު އެ ކަރުދާސް އެހެންމީހުންނަށް ދައްކާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލަ މިހާރު ވޯޓުފޮށީގެ ވެރިޔާއަށް ހުށައަޅައިގެން ބަލަމުން އަންނަ ކަމަށެވެ.
މި އިންތިހާބަކީ ވޯޓަށް ރަޖިސްޓްރީކޮށްގެން ބާއްވާ އިންތިހާބަކަށް ނުވާތީ، ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި އެމްޑީޕީން ބުނެފައިވަނީ ވޯޓުލާ މީހުންގެ އިނގިލީގައި ފާހަގައެއް ޖަހާނެ ކަމަށެވެ. އަދި ދެވަނަ ފަހަރަށް އެކަކު އެހެން ވޯޓުލާ މަރުކަޒަކަށް ދިޔަ ނަމަވެސް އެރަށެއްގެ ވޯޓު ލިސްޓު ބެލުމަށްފަހުގައި ނޫނީ ވޯޓު ލާން ފުރުސަތު ނޯންނާނެ ކަމަށެވެ.