ads
އިމްތިޔާޒު ފަހުމީ: ވޯޓުލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ޝަކުވާ އެބަހުރި! އެކަމަކު ބަލިވެއްޖެއްޔާ ބަލި ގަބޫލުކުރާނަން: އިންތިގެ ޓީމު
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި، އިންތިހާބުން ބަލި ވެއްޖެނަމަ ބަލި ގަބޫލުކުރައްވާނެ ކަމަށް އިމްތިޔާޒް ފަހުމީގެ ޓީމުން ބުނެފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް މިއަދު ބޭއްވި އިންތިހާބުގައި މި މަގާމަށް ވާދަކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ. 

"ސީއެންއެމް"އަށް ދެއްވި އިންޓަރވިއުއެއްގައި އިމްތިޔާޒް ފަހުމީގެ ތަރުޖަމާން، އުނގޫފާރުދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މި އިންތިހާބުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ. 

ވައްޑެ ވިދާޅުވީ "އިންތިހާބުން ބަލިވެއްޖެނަމަ ބަލި ގަބޫލުކުރައްވާނެ" ކަމަށެވެ. ނަމަވެސް މި އިންތިހާބުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ. 

"ޝަކުވާ އެބަހުރި ވަރަށް ގިނަ ގޮތްގޮތުންވެސް. މިއަދު އަޅުގަނޑަށް އިހަވަންދޫއިން އަންހެނަކު ގުޅީ. ވިދާޅުވީ އޭނަ ( އެ އަންހެންމީހާ ) ބަލަން ހުއްޓައި 5 ވޯޓުކަރުދާސްކޮޅު ދީފައޮތީ. ބަލިވެއްޖެއްޔާ ބަލި ގަބޫލުކުރާނަން. އެކަމަކު ސުވާލު އުފެދޭ ބައިވަރު ކަންތައްތައް އެބަހުރި" ވައްޑެ ވިދާޅުވި އެވެ.

މިއަދު ހަވީރު އިންތިގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ ވޯޓުލާ ވަގުތު އިތުރު ކޮށްފައިވާކަން ޕާޓީން އަންގާފައިވަނީ ވޯޓުލާ ވަގުތު ހަމަވިފަހުން ކަމަށެވެ. ނިޝާން ވިދާޅުވީ އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

އިންތިގެ ޓީމުން ވަނީ ވޯޓުލީ ވަގުތު ވޯޓަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ކެންޑިޑޭޓުގެ ޓީމުން މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން އައިޑީކާޑް ގަތުމާއި، ފައިސާ ބެހުމާއި، ނުފޫޒު ފޯރުވުމުގެ ޝަކުވާތައް ލިބިފައިވާކަން އިންތިގެ ޓީމުން ފާހަގަކޮށްފައިވެ އެވެ. 

އިންތިގެ ޓީމުން މިހާރުވަނީ މި ޝަކުވާތަކުގެ މައްސަލަ ބަލައިދިނުމަށް އެމްޑީޕީގެ އިންތިހާބާއިބެހޭ ކޮމެޓީއަށް ހުށައަޅާފަ އެވެ.

42%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް