ads
ފޮޓޯ: މިހާރު
ހިންވަރު ވޯޓު ފޮއްޓަށް ކޮތަޅެއްގައި 600 ވަގު ވޯޓު!
މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ޅ. ހިންނަވަރުގައި ބެހެއްޓި ވޯޓު ފޮއްޓަށް ކޮތަޅަކަށް އަޅައިގެން 600 ވޯޓު ލާފައި ވާކަމަށް ބުނެ ތުހުމަތު ކޮށްފިއެވެ.

މި އިންތިހާބުގައި ވާދަކުރެއްވި އިމްތިޔާޒް ފަހުމީގެ ޓީމުގައި ހިމެނޭ އިސް ފަރާތަކުން "ސީއެންއެމް" އާއި ވާހަކަ ދައްކަމުން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ރަށް ކަމަށްވާ ހިންވަރުން ދެން މި އިންތިހާބުގައި ވާދަ ކުރައްވާ ފައްޔާޒް އިސްމާއިލް ބޮޑު ތަފާތަކުން ކުރި ހޯދީ ވަގު ހަދައިގެން ކަމަށެވެ. 

"ދަންނަވަންތޯ ވާހަކައެއް. މި އިންތިހާބުގައި އެތައް މައްސަލަތަކެއް އެބަހުރި. އިދިކޮޅު ފަރާތްތަކުން ބޮޑެތި ވައްކަން ކޮށްފަ މިހިރީ. ރައީސްގެ ރަށުން ފައްޔާޒް އަށް ވޯޓު ގިނައިން ހޯދުމަށް ކޮތަޅަކަށް އަޅައިގެން 600 އަށްވުރެ ގިނަ ވަގު ވޯޓު ގެނެސް ފޮއްޓަށް އަޅާފަ ވަނީ. މި މައްސަލަ މިހާރު ވާނީ އިންތިހާބާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފަ." އެ ފަރާތުން ބުންޏެވެ.

މީގެ އިތުރުން އެފަރާތުން ބުނީ، ހިންނަވަރުން ފައްޔާޒް އަށް ކާމިޔާބު ނުވެއްޖެނަމަ އެ ރަށް ބާކީ ކޮށްލާނެ ކަމުގެ އިންޒާރުވެސް ދީފައި ވާކަމަށެވެ. 

ޗެއާޕާސަން އިންތިހާބުން ހިންވަރުން ފައްޔާޒް އަށް 600 ވޯޓު ލިބިފައި ވާއިރު، އިންތި އަށް މި ވޯޓު ފޮށިން ލިބިފައިވަނީ އެންމެ ނުވަ ވޯޓެވެ. 

އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ފަށާފައި ވާއިރު، ފައްޔާޒް އަށް މިހާތަނަށް ލިބިފައިވަނީ، 17،766 އެވެ. އިމްތި އަށް މިހާތަނަށް ލިބިފައިވަނީ، 11،969 ވޯޓެވެ. އެހެން ނަމަވެސް އަދި ބާކީ 112 ވޯޓު ފޮށީގެ ނަތީޖާ ނުލިބެ އެވެ. 

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް