ދެން އޮތީ ފައްޔާޒު މި ހޯދި ކާމިޔާބާ އެކު ވޯޓު ދިން ފަރާތްތަކާ މެދު ހަދާފައިވާ ޑީލްތަކަށް ތަންފީޒީ މަރުހަލާ ގެނައުމުގެ ކަންތައްތަކެވެ. ސިޔާސީ މަސައްކަތްތައް ކުރާ ފަރާތްތަކާއި ދިމާލަށް ޕާޓީތަކުގެ މެންބަރުން ހުށައަޅާ ކަންކަން ނުފުދި ހުރުމުން ކުރެވޭ ޝަކުވާތައް ހުރިހާ ދިމާލެއްގައި ވެސް އޮވެއެވެ. "ހޮވުނީމަ ނުފެންނަ" ވާހަކަ އެވެ.
ޗެއާޕާސަން ކަމަށް ގިނަ ވޯޓު ހޯދައިގެން މަގާމު ކާމިޔާބު ކުރި ފައްޔާޒަށް ނުވަތަ އެޓީމަށް ސުވާލުތައް ގިނަ އެވެ. ކެމްޕޭނުގައި ބޮޑު ތަފާތަކުން ކުރި ހޯދި ގޮތަކާ މެދުގަ އެވެ. ޕާޓީގެ މެންބަރުންނަނީ ދެގޮތެއްނުވެ ތެދުވެރިކަން މަތީގައި ތިބި ބައެއްކަން ޕާޓީގެ މާޒީވި ދުވަސްތަކުން އެނގެ އެވެ. އެހެން ނަމަވެސް އިންތިހާބަކުން މޮޅުވާނީ ހަމަ އެކަކުތާއެވެ.
އިންތިހާބުގައި ބަލިވި އިންތި އާއި އޭނާގެ ޓީމުން އުފައްދަނީ އެންމެ ސުވާލެއް ނޫނެވެ. ގިނަ ބޮޑެތި ސުވާލުތަކާއި ޝަކުވާތަކެވެ. ހާއްސަކޮށް ވޯޓު އޮޅުވާލި މައްސަލަ އެވެ.
އިންތިގެ ޓީމުން ކޮށްފައިވާ މައިގަނޑު ޝަކުވާތައް
* ވޯޓުލުން ކުރިއަށްދިޔަ ވަގުތު އައިޑީކާޑު ގަތުމުގެ ޝަކުވާ
* ވޯޓުލުން ކުރިއަށްދިޔަ ވަގުތު ފައިސާ ބަހައި ނުފޫޒު ފޯރުވި މައްސަލަ
* ވޯޓުލުން ނިމުނު ފަހު ޕާޓީގެ ފަރާތުން އެއްވެސް އެނގުމަކާއި ނުލައި ވޯޓުލުމުގެ މުއްދަތު އިތުރުކުރުން
* ބަންޑަޅި ބަންޑަޅިއަށް ފައްޔާޒުގެ ޓީމުގެ މެންބަރުން ވޯޓުލާފައިވުން
* ކޮތަޅަކަށް ގިނަ އަދަދެއްގެ ވޯޓު ކަރުދާސް އަޅައިގެން ގޮސް ވޯޓު ފޮށްޓައް ލުން، މިނޫނަސް ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. ދެން އޮތީ އިންތިގެ ޓީމުން ހުށައެޅި މި މައްސަލަތައް ބެލުންތާ އެވެ.
"ސީއެންއެމް"އަށް ދެއްވި އިންޓަރވިއުއެއްގައި އިމްތިޔާޒް ފަހުމީގެ ތަރުޖަމާން، އުނގޫފާރުދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މި އިންތިހާބުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރައްވާފަ އެވެ.
ވައްޑެ ވިދާޅުވީ "އިންތިހާބުން ބަލިވެއްޖެނަމަ ބަލި ގަބޫލުކުރައްވާނެ" ކަމަށެވެ. ނަމަވެސް މި އިންތިހާބުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ.
ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނުކުރުމުގެ ކުރިން އިންތިގެ ޓީމުން ވަނީ މި ކަންބޮޑުވުންތައް ހުރިކަން ފާހަގަކޮށްފައެވެ. އަދި މި މައްސަލަ ބަލައިދިނުމަށްވެސް އެދިފަ އެވެ.
މިކަމަށް ފައްޔާޒުގެ ޓީމުން ދިނީ އާންމު ޖަވާބެކެވެ. އިންތިހާބުގައި އެއްވެސް މަކަރެއް ހަދައި އޮޅުވާާފައި ނުވާނެ ކަމަށެވެ.
ފައްޔާޒު ހޮވުމުން ކަންތައް ކުރާނެ ގޮތް ދެކޭ ގޮތް
ފައްޔާޒު ވެގެންދަނީ މުޅި އެމްޑީޕީގައި ވެސް ވަރަށް ތަފާތު ބޭފުޅަކަށެވެ. އިދިކޮޅު އިންތިޔާޒު ފަހުމީގެ ޓީމުން އެމްޑީޕީގައި ތިބި އެންމެންނާ ބައްދަލު ކުރިއިރު ފައްޔާޒު ވެސް ވަނީ ހަމަ މި ސަޕޯޓަރުންނާއި ބައްދަލުކޮށްފަ އެވެ.
ޝަކުވާތަކެއް ނުކޮށް ޕާޓީގެ އާންމު މެންބަރުންގެ ވާހަކަތައް ފައްޔާޒުގެ ނޯޓުފޮތުގައި ހުރީ ނޯޓުކޮށްފަ އެވެ. މިކަންކަމަށް ނޫސްވެރިން ސުވާލު ކުރުމުން ފައްޔާޒު ދެނީ ތަފާތު ޖަވާބެކެވެ. "މެންބަރުންގެ ޝަކުވާތައް އަޑުއަހައިފިން" މިއެވެ.
ސަރުކާރާ އެކު މި މެންބަރުން ހުށައެޅި ކުދިކުދި ކަންތައްތަކަށް ހައްލު ގެނައުމަށް ނުވަތަ ނިންމާލުމަށް ފައްޔާޒަށް ވާނީ ހަމަ "މެޓަ"އެއް ކާލުން ފަދަ ކަމަކަން އާންމު މެންބަރުން އެބަ ގަބޫލުކުރެ އެވެ. ސަބަބެއް ނެތި އެއްވެސް ނޫނެނެވެ. ސަރުކާރުގެ ވެރިޔާ ނުވަތަ ރައީސުލް ޖުމްހޫރިއްޔާ ވެސް ހުންނެވީ ފައްޔާޒުގެ ޓީމުގައި ކަމަށް ވާތީ އެވެ.
މި މަގާމާއި ހަވާލުވުމަށް ފަހު ފައްޔާޒު ބޭނުންވަނީ ތިޔަ އެމްޑީޕީގެ މެންބަރުންގެ ތާއީދާއެކު 2023 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ހޮވުމަށެވެ. ފައްޔާޒް ވަނީ އެކަން މީޑިޔާތަކަށްވެސް ހާމަކޮށްދީފަ އެވެ.
ފައްޔާޒުގެ ވާހަކަ އެމަގަށް ހުރި އިރު މިހާރު ވެސް އުފެދޭ ސުވާލަކީ ރައީސް ނަޝީދުގެ ތާއީދާ އެކު ވާދަކުރެއްވި އިންތިގެ ޓީމުން އެއް ގޯލަކަށް އިހުލާސްތެރި ކަމާ އެކު ކުޅޭނެތޯ އެވެ. ނުކުޅެފިނަމަ ފައްޔާޒު އެ ވިދާޅުވާ 2023 ރައީސް ސާލިހަށް ލިބޭނެ ތޯ އެވެ. ކޮންމެ ގޮތެއް ވިޔަސް ކެމްޕެއިން ތެރޭގައި ދައްކާފައިވާ ވާހަކަތައް ހަނދާން ނައްތާލުމަށް ފަހު އެނބުރި ފަސް އެނބުރި ބަލާލެވޭ ވަރުގެ ހިތްވަރު ހުންނާނެ ބާވަ އެކެ. މި ސުވާލުތަކުގެ ޖަވާބު މާ ލަސް ނުވެ ލިބޭނެ އެވެ.