ads
ފައްޔާޒް އިސްމާއީލް
އަޅުގަނޑަކީ އެމްޑީޕީގެ ޗެއާޕާސަން، ޕާޓީ ހިންގާލާނަން: ފައްޔާޒް
އެމްޑީޕީގެ ޗެއާޕާސަން އަކީ "އަޅުގަނޑު ފައްޔާޒް އިސްމާއީލް" ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުގެ ވަގުތީ ނަތީޖާގައި ފައްޔާޒަށް ކުރި ލިބިފައިވާތީވެ އެކަމުގެ އުފާ ފާޅުކުރުމަށް ސަޕޯޓަރުންނާއި ބައްދަލުކުރައްވައި މިރޭ ފައްޔާޒު ވިދާޅުވީ އެޕާޓީގެ ޗެއާޕާސަން އަކީ އެމަނިކުފާނު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ޕާޓީ "ހިންގާލާނެ" ކަމަށެވެ. 

"އަޅުގަނޑަކީ ޗެއާޕާސަން އިގޭތޯ. ކުރިއަށް އޮތްތަނުގައި މި ޕާޓީ ހިންގާލާނަން." ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީ ބައިބައިވެ ފަޅިވެދާނެ ކަމުގެ ކުޑަވެސް ޝައްކެއް ނެތްކަމަށެވެ. އަދި އެންމެ އިސްކަމެއް ދެއްވާނީ ޕާޓީގެ އިދާރީ ކަންކަން ހަރުދަނާކުރުމަށް ކަމަށެވެ. 

"އާދެ އަޅުގަނޑު ހަމަ ކެމްޕޭނުގައި މަސައްކަތް ކުރާނީ ޕާޓީގެ އެންމެ އިސް ލީޑަރަށް. އަދި ޕާޓީގެ ރައީސް ނަޝީދާވެސް އެއްކޮށް. ޕާޓީގެ އިދާރީ ކަންކަން ހަރުދަނާ ކުރަން. އަޅުގަނޑު މަގާމާ ހަވާލުމާއެކު މިކަން ކުރުމަށް މަސައްކަތް ފަށާނަން."

ފައްޔާޒު ވިދާޅުވީ މި އިންތިހާބުގައި ނާކާމިޔާބުވި ކަމުގައިވިނަމަވެސް އިމްތިޔާޒު ފަހުމީވެސް އަދި ރައީސް ނަޝީދުވެސް ދޫކޮށް ނުލައްވާނެ ކަމަށެވެ. އަދި ސިޔާސީ މަސައްކަތްތަކުގައި އެފަރާތްތަކާއި އެކު ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. 

"ތި ސުވާލަށް ވަރަށް ގިނަ ފަހަރު ޖަވާބު ދީފިން. އަޅުގަނޑަކީ ސަރުކާރަށް ނިސްބަތްވާ މީހެއް ކަމަށް ވާތީވެ އޮންނަ ނުފޫޒެއް އެއީ. އެބޭފުޅުންނާއެކު މަސައްކަތްކުރަން ހަމަ ތައްޔާރު."

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، އެމްޑީޕީ މެމްބަރުން މި އިންތިހާބުގައި ދައްކައިދިނީ ރައީސް އަށް އިތުރު ދައުރެއް ދޭން ބޭނުންވާ ކަން ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާއާމެދު ސުވާލު އުފައްދާ މިންވަރަށްވުރެ ތަފާތުބޮޑު ނަތީޖާއެއް ލިބިފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.   

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް