ލިވަޕޫލުން އިނގިރޭސި އެފްއޭ ކަޕް ހޯދީ، ޕެނަލްޓީ ޝޫޓްއައުޓްގައި ފަސް ލަނޑު ހަ ލަނޑުން ޗެލްސީ މައްޗަށް ކުރި ހޯދައިގެންނެވެ. ޕެނަލްޓީ ޖަހަން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތާ އިތުރު ވަގުތު ދެ ހާފުގައިވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.
ލިވަޕޫލުންވަނީ މިއަހަރުގެ ކުރީކޮޅު، ލީގު ކަޕްގެ ޗެމްޕިއަންކަންވެސް ހަމަ ޗެލްސީ ޕެނަލްޓީގައި ބަލިކޮށްގެން ހޯދާފައެވެ. އަދި މި މަހުގެ ފަހުކޮޅު ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލުންވެސް ލިވަޕޫލްވަނީ ޖާގަ ހޯދާފައެވެ. ފައިނަލްުގައި ލިވަޕޫލް ކުޅޭނީ ރިއަލް މެޑްރިޑާއެވެ.