ads
ޔޫއޭއީގެ އާ ރައީސް ޒައިދް
ޔޫއޭއީގެ އާ ރައީސް އާއި ރައީސް ސޯލިހް އާއި ބައްދަލުކުރައްވައިފި
ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އާ ރައީސް، އަބޫދާބީގެ ވެރިޔާ އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރު ޝައިހް މުހައްމަދު ބިން ޒާއިދު އަލް ނަޙްޔާންއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައިފި އެވެ.
Advertisement

މި ބައްދަލުވުން ބާއްވަވާފައި ވަނީ ޔޫއޭއީގެ ކުރީގެ ރައީސް، އަލް މަރްހޫމް ހަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން އެ މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި، އެ އާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ސޯލިހް މިއަދު ޔޫއޭއީ އަށް ކުރައްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ނެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ޔޫއޭއީގެ އާ ރައީސްއާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ޔޫއޭއީގެ ކުރީގެ ރައީސް، އަލް މަރްހޫމް ހަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކުކަން ބަޔާންކުރައްވައި އެ މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވައި މަރްހޫމްގެ އާއިލާއާއި ޔޫއޭއީގެ ރައްޔިތުންނަށް އެމަނިކުފާނުގެ އިހްލާސްތެރި ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި އައްޝައިހް ހަލީފާގެ ހަނދާންތައް އާކުރެވިގެންދާނީ އެ މަނިކުފާނުގެ ބައްޕާފުޅު ފަދައިން ތަހުޒީބާއި ޤައުމީ އެއްބައިވަންތަކަން ގެނެސްދެއްވި އަލިގަދަ ދަންމަރެއްގެ ގޮތުގައިކަމުގައި ވިދާޅުވިއެވެ. 

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ، އަބޫދާބީގެ މިހާރުގެ ވެރިޔާ ޝައިހް މުހައްމަދު ބިން ޒައިދު ޔޫއޭއީގެ ރައީސްގެ މަޤާމާއި ހަވާލުވެގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، އެމަނިކުފާނުގެ އެންމެހައި ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް