އޯވަންއޯއިން ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކްލަބް ޓީނޭޖާ ވާދަކޮށެވެ. އޯވަންއޯ ފައިނަލަށް ދިޔައީ ސެމީގައި ޓީސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މުބާރާތުގެ ފައިނަލް މެޗުގެ މޮޅު އެންމެ ކުޅުންތެރިއަކަށް ހޮވުނީ އޯވަންއޯގެ އަލީ ވިޖުހާން އެވެ.
ބައިބަލާ މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ކްލަބު ޓީނޭޖުގެ އަލީ ވިދާދު އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ މިސްޓަ ބައިބަލާ އަކަށް ހޮވިފައިވަނީ ޓީނޭޖްގެ އަސްލަމް މުހައްމަދު އެވެ.