ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
އެއްބަސްވުންތަކުގެ ސަބަބުން ދައުލަތައް ގެއްލުންވޭ: މައުސޫމް
ބައެއް ފަހަރު ހެދޭ ބައެއް އެއްބަސްވުން ތަކުގެ ސަބަބުން ދައުލަތަށް ގެއްލުން ވަމުން އަންނަ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޝަންގްރިއްލާ ރިސޯޓް ނުހުޅުވި ލަސްވަމުން ދިއުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓާ ނަސީމް ވިދާޅުވީ، ހަދާފައި ހުންނަ އެއްބަސްވުން ތަކުގެ ސަބަބުން ދައުލަތަށް އޭގެ ސަބަބުން ގެއްލުން ވަމުން އަންނަ ކަމަށެވެ. އަދި ބައެއް އެއްބަސްވުން ތަކުގެ ސަބަބުން ބޮޑެތި އަދަދުތަކުން ދައުލަތުން ފައިސާ ދައްކަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓާ އިތުރަށް ވިދާޅުވީ، ދިވެހި ސަރުކާރުން ޝަންގްރިއްލާއަށް 68 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމަށާއި، އެމީހުން ނަގާފައިވާ ލޯނުގެ 30 އިންސައްތަ އާއި ސަރުކާރުން ހަވާލުވާން ޖެހޭ ކަމަށެވެ. 

"އަޅުގަނޑުމެންނަށް ބައެއް ފަހަރު ކުރެވިފައި ހުރި އެގްރިމެންޓްތަކުގެ ސަބަބުން ދައުލަތައް ނިހާޔަތައް ގެއްލުންވޭ. (ޝަންގްރިއްލާ) އެގްރިމެންޓް ލިޔެވިފައި އޮތް ގޮތުން މިހާތަނަށް އައިއިރު އަޅުގަނޑުމެން (ދިވެހި ސަރުކާރުން) ޝަންގްރިއްލާއަށް 68 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދައްކަން ޖެހޭ. އެމީހުން ނަގާފައިވާ ލޯނުގައި 30 އިންސައްތަ އާއި ސަރުކާރުން ބައިވެރިވާން ޖެހޭ. އަޅުގަނޑުމެންނަށް އޮތް ގޮތަކީ އެބޭފުޅުންގެ ހިއްސާ ގަތުން." މިނިސްޓާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓާ ވިދާޅުވީ، ޝަންގްރިއްލާ ރިސޯޓު ހުޅުވަން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެގޮތުން މިހާރުވެސް ރައްޔިތުންގެ މަޖިލީހަށް ރިސޯޓުތަކުގައި އޮންނަ ސަރުކާރުގެ ހިއްސާ ބަދަލު ކުރެވޭނެ ރަނގަޅު އުސޫލެއް ހެދުމަށް ހުށަހަޅާފައި ވާކަމަށެވެ. 

ޝަންގްރިއްލާ ރިސޯޓް ބަންދު ކުރީ 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އެ ރިސޯޓު ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެކި ސަބަބު ތަކާއި ހެދި އަދިވެސް އެ ރިސޯޓު ވަނީ ބަންދު ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް