މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާ މިއަދު 09:00 އިން 10:00 ކުރިއަށްދިޔައިރު ވެސް، ސުވާލުކުރުން ނޫން އެހެން މަސައްކަތެއް އެޖެންޑާކޮށްފައެއް ނުވެއެވެ. އިއްޔެގެ ޖަލްސާވެސް ނިންމާލީ އިތުރު މަސައްކަތެއް ނެތުމުންނެވެ.
މިއަދުގެ ޖަލްސާ ނިންމާލަމުންވެސް ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި މަސައްކަތް ނެތީ، ސަރުކާރުން، އަދި މެމްބަރުން ބިލު ނުފޮނުވާތީ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސަައްކަތް އަންނަނީ، މަޖިލީހަށް ބިލު ހުށަހަޅައިގެންނާއި، ވަކިކަކަމަކާއި ބެހޭގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސުވާލެއް ކުރުން ނުވަތަ ބަހުސެއް ކޮށް ކޮމެޓީއެއްގައި ދިރާސާއެއް ކުރުމުން ކަމަށެވެ. އެބާވަތުގެ އެއްވެސް މަސައްކަތެއް މިއަދުވެސް ނެތުމުން މަޖިލީސް މިއަދުވެސް ނިންމާލީ ކަމަށް ވިދާޅުވިއެވެ.
މިއަދު އޮތީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު، އަދި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން، ހައުސިން މިނިސްޓަރު، މުހައްމަދު އަސްލަމްއާ ސުވާލުކުރެއްވުމެވެ.
ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު، ހުށަހެޅުއްވި ސުވާލުތައް
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް---
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ކުރެއްވި ސުވާލުތައް
ބޮޑު ޗުއްޓީއަކަށްފަހު، މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާ ފެށުނުއިރު، ދެ ޖަލްސާގައި ވެސް މިނިސްޓަރުންނާއި ސުވާލުކުރުން ފިޔަވައި އިތުރު މަސައްކަތެއް ނެތިގެން ނިންމާލިއިރު، ޖުމްލަ 88 އަށް މެމްބަރުން ތިއްބަވާ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންފައިވަނީ، 39 މެމްބަރުންނެވެ. ސަލާމުގައި ހަތަރު މެމްބަރުން ތިއްބެވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;