ކަރެކްޝަނަލް ސާވިސް އިން ބުނީ މި ގައިދީ ފިލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އައްސޭރި ޖަލުން ކަމަށެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ މި ގައިދީ ހޯދާފައިވަނީ ޑީޕީއާރުއެސްގެ ޓީމަކާއި، ފުލުހުންގެ އެހީތެރިކަމާއިއެކުގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޖަލުން މިއަދު ފިލާފައިވާ މި ގައިދީ އަކީ ބިރު ދެއްކުމުގެ މައްސަލައެއްގައި ޖަލަށްލާފައިވާ ގައިދީ އެކެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން މިފަދަ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ އާންމު މައުލޫމާތު ހިއްސާކުރުމަކީ މަނާކަމެއް ކަމުގައިވާތީވެ މި ގައިދީ އާއި ބެހޭ އެއްވެސް މައުލޫމާތެއް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފައެއް ނުވެ އެވެ.