ads
ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ކުޑަކުދިންގެ ރައްކާތެރިކަމަށް ނުރައްކާތެރި އެތައް ކަމެއް އެބައޮތް: ރައީސް
ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ހޯދައިދޭންޖެހޭ ކަމަށާއި ނުރައްކާތެރި އެތައް ކަމެއް އެބައޮތްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމައްމަދު ސޯލިޙް ވިދާޅުވެއްޖެ އެވެ.
  1. މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން އިސްނަގައިގެން ޖެންޑާ މިނިސްޓަރީއާ ގުޅިގެން މިއަދު ކުރިއަށްގެންދިޔަ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަދުން ނަމަވެސް ކުށުގެ ވެށީގައި ކުޑަކުދިން އުޅޭ ކަމަށެވެ. 

ކުޑަކުދިންގެ ރައްކާތެރިކަމަށް ނުރައްކާތެރި އެތައް ކަމެއް އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުޑަކުދިންގެ ހިމާޔަތާއި ރައްކާތެރިކަމަށް ބޭނުންވަނީ މުޖުތަމައުގެ އެއްބާރުލުން ކަމަށާއި، ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުންވެސް އެހީތެރިކަން ބޭނުންވާ ކަމަށެވެ. 

" ކުޑަކުދިންގެ ރައްކާތެރިކަމަށް ނުރައްކާތެރި އެތައް ކަމެއް އެބައޮތް. މިކަންކަމަށް ބޭނުންވަނީ މުޖުތަމައުގެ އެހީތެރިކަން. ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތަކުގެވެސް އެހީތެރިކަން. "

ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާހު ކުރުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދޭންޖެހޭ ވާހަކަ މިދައްކަވަނީ ކުޑަކުދިން ހިމާޔަތް ކުރުމަށް ވަރަށް ބޮޑަށް އަޑުއުފުލާ ދުވަސްވަރެއްގައި ކަމަށެވެ. އަދި އެއީ ސަރުކާރުންވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. 

ކުދަކުދިންނަށް ރައްކާތެރި މާހައުލެއް ބޭނުންވާ މި ދުވަސްވަރަކީ ކުޑަކުދިން ހިމާޔަތް ކުރުމަށް ވަރަށް ބޮޑަށް އަޑުއުފުލާ ދުވަސްވަރެއް. އެއީ ސަރުކާރުންވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. " ރައީސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މައިންބަފައިންގެ ލޯބި ނުލިބި ދައުލަތުގެ ބެލުމުގެ ދަށުގައިވެސް އެތައް ކުޑަ ކުދިންނެއް ތިބިކަން ފާހަގަ ކުރައްވައި އެކަމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރައްވާފަ އެވެ.

" މިއަދުގެ ހާލަތަށް ބަލާއިރު ކުށުގެ ވެށީގައި ކުޑަކުދިން އުޅޭ. މައިންބަފައިންގެ ލޯބިން މަހުރޫމުވެ ދައުލަތުގެ ބެލުމުގެ ދަށުގައި އެބަތިބި. މީ އެކުދިންނަށް ލިބިދޭ ހަގީގީ މިނިވަންކަމާ ލޯތްބާއި ނުލިބި އެކަނިވެރިކަމާ އެކަހެރި ކަމުގެ އޮއިވަރުގައި ޖެހިގެންދާނެ ކަމެއް. "

ރައީސް ވިދާޅުވީ ކުޑަކުދިންނަށް އަމާން ވެއްޓެއް ގާއިމުުރުމަށް ސަރުކާރުގެ އެންމެހައި އިދާރާތަކެއްގެވެސް އެހީތެރިަން ލިބޭނެ ކަމަށެވެ.

 މިއަދުގެ މި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓްރީގެ އިސް ބޭފުޅުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އިސްބޭފުޅުން ބައިވެރިވެފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް