ads
މޯލްޑިވްސް ސްޓޭޓް ޝިޕިންގެ އަމިއްލަ ފުރަތަމަ އާގު ބޯޓު އެމްއެސްއެސް ގަލޭނާ
އެމްއެސްއެސްގެ އާ ކޮންޓެއިނާ ބޯޓުގެ މުވައްޒަފުންނަށް ބޮޑެތި މުސާރަތަކެއް
އެސްޓީއޯގެ ޝިޕިންލައިން "މޯލްޑިވްސް ސްޓޭޓް ޝިޕިން" (އެމްއެސްއެސް)ގެ އާ ކޮންޓެއިނާ ބޯޓުގެ ވަޒީފާތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބޮޑު މުސާރަލިބޭ މި ވަޒީފާތަކަށް ވަނުމަށް އެސްޓީއޯއިން ފުރުސަތު ހުޅުވާލާފައި ވާއިރު، އަލަށް ގެންނަ މި ބޯޓު މި އަންނަ މަހު ރާއްޖެއަށް ގެނެވޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. 

މި ބޯޓުގެ އެކި މަސައްކަތްތަކަށް އެސްޓީއޯއިން ވަނީ 12 ވަޒީފާއެއް އިއުލާން ކޮށްފައެވެ. މި ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި މަހަކު 13،000 ރުފިޔާއިން ފެށިގެން 115،000 ރުފިޔާ އާއި ދެމެދުގެ މުސާރައެއް ލިބޭނެ އެވެ. 

އާ ބޯޓުގެ ވަޒީފާތައް:

  • މާސްޓާ: މަހަކު 115،650 ރުފިޔާ 
  • ޗީފް އިންޖީނިއާ: މަހަކު 107،9 ރުފިޔާ
  • ސެކަންޑް އިންޖީނިއާ: މަހަކު 92،520 ރުފިޔާ
  • އިލެކްޓްރިޝަން: މަހަކު 53،970 ރުފިޔާ
  • ތާޑް އިންޖީނިއާ: މަހަކު 53،970 ރުފިޔާ
  • ތާޑް އޮފިސާ: މަހަކު 38،550 ރުފިޔާ
  • ވެލްޑާ: މަހަކު 19،620 ރުފިޔާ
  • ކުކް: މަހަކު 19،000 ރުފިޔާ
  • ބޯޒްމަން: މަހަކު 18،504 ރުފިޔާ
  • އޭބަލް ސީމޭން: މަހަކު 15،400 ރުފިޔާ
  • އޮއިލާ: މަހަކު 15،400 ރުފިޔާ
  • މެސް ބޯއީ: މަހަކު 16،560 ރުފިޔާ

އެސްޓީއޯއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަގާމުތަކަށް ކުރިމަތި ލުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ. 

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. 2020ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ އޮންނަ ކުންފުންޏެކެވެ.  

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް