ads
ލެއްގި ބޮޑުބަސް----ފޮޓޯ:ސީއެންއެމް
ބޮޑުމަސް ލައްގައިފި، ނެގުމުގެ މަސައްކަތް ކުރަނީ
މަރުވެގެން އޮޔާދަނިކޮށް ވ. އަތޮޅު އެތެރެވަރީން ފެނުނު ބޮޑުމަސް އެއަތޮޅުގައި އޮންނަ "މަޑުވައްރި ފަޅު" ނަމަކަށް ކިޔާ ފަޅަށް ލައްގައިފި އެވެ.

ވ، އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު ޝުޖާއު "ސީއެންއެމް" އަށް ވިދާޅުވީ، އެ ބޮޑުމަސް ލައްގާފައިވަނީ، މީގެ ކުޑައިރުކޮޅެއް ކުރިން ވ. ތިނަދޫ އާއި، ފެލިދޫ ދޭތެރޭގައި އޮންނަ މަޑުއްވަރި ފަޅަށް ކަމަށެވެ. އޭނާ ވިދާޅުވީ، ކައުންސިލާއި، ފުލުހުންނާއި ގުޅިގެން މިހާރު އެ ބޮޑުމަސް އެތަނުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

"މަސް މިވަގުތު އޮތީ، ވ.މަޑުއްވަރި ފަޅު ހުޅަނގުކޮޅު ފަރުމައްޗަށް ލައްގާފަ. ފަޅުތެރޭގެ ދޮންވެލި ހިސާބަށް މަސް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން" ޝުޖާއު ވިދާޅުވިއެވެ.

މަރުވެފައިވާ ބޮޑު މަހެއް އޮޔާދާތީ ފެނުނީ އެއަތޮޅު "މަޑަންގިރި" ކިޔާ ފަޅު ކައިރިން މިއަދު ހެނދުނު 08:15 ހާއިރު ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެކެން ފުލުހުންނާއި، އީޕީއޭއާއި، އެންވަޔަރަމެންޓް މިނިސްޓްރީ އަދި ޓްއަރިޒަމް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، އެއީ "ހަމްޕްބެކް ވޭލް" އެއް ކަމަށާއި، އެ ޒާތުގެ ބޮޑުބަސް ވ. އަތޮޅުން ވަރަށް ގިނައިން ފެންނަ ކަމަށެވެ. 

މީގެ ކުރިންވެސް ވ. އަތޮޅުން މަރުވެގެން ބޮޑުމަސް ލައްގާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެންމެ ފަހުން އެފަދަ ކަމެއް ހިނގާފައިވަނީ 80 އިގެ މެދު ތެރޭގައި ކަމަށް ވިދާޅުވިއެވެ. 

ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް ދޭތެރެ ދޭތެރެއިން ބޮޑު މަސް ލައްގައެވެ. ހާއްސަކޮށް މޫސުން ގޯސްވާ ދުވަސްވަރު ބޮޑު މަސް ތަންތަނަށް ލައްގާ މިންވަރު އިތުރެވެ.  

އެގޮތުން 2020ވަނަ އަހަރު ހއ.ތަކަންދޫއަށް ވެސް ވަނީ މަރުވެފައި އޮތް ބޮޑު މަހެއް ލައްގާފައެވެ. އަދި 2021ވަނަ އަހަރު، އައްޑޫސިޓީ އަށްވެސް ބޮޑުމަހެއް ލައްގާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް