ads
ރައީސް ޔާމީން
ރިޔާސީ ލޯންޗްކޮޅުގެ ބޮމުގެ މައްސަލަ ބެލިޔަނުދޭން ވަނީ ޑީލެއް ހަދާފަ: ޔާމީން
ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާ މިސަރުކާރުން ނުބަލާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގަ އެވެ. 

މިރޭ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގެ މައްސަލައެއް މި ސަރުކާރުން ނުބަލާނެ ކަމަށާއި، އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި މި ސަރުކާރާއި ދެމެދު އެއްބަސްވުން ހަދާފައިވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން އަދީބަށް މި ސަރުކާރުން ލުއި ދީފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރާއި އަދީބާއި ދެމެދު ބޮޑެތި ގުޅުންތަކެއްވެސް އެބަ އޮތްކަމަށެވެ. 

ރިޔާސީ ލޯންޗްކޮޅުގެ މައްސަލައިގެ ހެކިބަސް ދިނުމުގައި ރައީސް ޔާމީންގެ އޭރުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވެސް މި މައްސަލަ އާއި ގުޅިގެން ހައްދަވަނީ އިތުރުފުޅު ތަކެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ. 

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެންމެ ގާތް ބޭފުޅެއްގެ ގޮތުގައި މުއާޒު ހުންނެވި ކަމަށާއި، ނަމަވެސް މުއާޒުގެ ވާހަކަތައް ބަދަލުވެ އަދީބު އާއި ގާތްވެ ލޯންޗްކޮޅުގެ މިމައްސަލައިގެ ވާހަކަވެސް ހަގީގަތާއި ހިލާފަށް ފަތުރަމުންދާ ކަމަށެވެ. 

ރައީސް ޔާމީން ވިދާޅޫވީ މި މައްސަލައަށް މުއާޒު ބޭނުންކުރައްވަނީ ހަތިޔާރަކަށް ކަމަށާއި، މުއާޒު ދައްކަވަނީވެސް ހަމަނުޖެހޭ ވާހަތަކެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް