ads
ޕީއެސްއެމް
ބިލު ނުދައްކައިގެން ޓީވީއެމް އިން ފެނާއި ކަރަންޓު ކަނޑާލާފި
އެތައް ސަތޭކަ މުވައްޒަފުންނެއް މަސައްކަތް ކުރަމުން އަންނަ ދައުލަތުގެ ޓީވީ ޗެނަލް ހުންނަ އިމާރާތުގެ ފެން ބިލާއި ކަރަންޓު ބިލު ނުދައްކާ އޮތުމުގެ ސަބަބުން އެތަނުން ކަރަންޓާއި ފެން ކަނޑާލައިފި އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދިން އެ ތަނުގެ ސީނިއާ މުވައްޒަފެއް ބުނީ، މިއަދުގެ ވަގުތެއްގައި މުޅި އިމާރާތުން ކަރަންޓު ކަނޑާލި ކަމަށާއި، ފެން ބިލު ނުދައްކާ އޮތުމުގެ ސަބަބުން މުޅި އިމާރާތުން ފެނުގެ ހިދުމަތްވެސް ކަނޑާލާފައި ވާކަމަށެވެ. 

މީގެ އިތުރުން އެ މުވައްޒަފު ބުނީ، މުޅި އިމާރާތުން ފެނާއި ކަރަންޓު ކަނޑާލުމުގެ ސަބަބުން އެތައް މައްސަލަތަކެއް ފެންމަތިވި ކަމަށާއި، އެހެން ނަމަވެސް މިހާރު އަލުން ފެނާއި ކަރަންޓު ލިބިފައި ވާކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ދައުލަތުން ބޮޑު ބަޖެޓެއް އެތަނަށް ދޭއިރު، ތަނުން ފެނާއި ކަރަންޓު ބިލު ނުދައްކައިގެން ކަނޑާލުމަކީ މެނޭޖްމަންޓުގެ އިހުމާލެއް ކަމަށް ވަނީ ބުނެފަ އެވެ. 

"ކޮންމެ އަހަރަކުވެސް އެތައް މިލިއަން ރުފިޔާއެއް ސަރުކާރުން އެބަ ދޭ މިތަނަށް. އެކަމު ދޭތެރެއަކުން މިތަނުން ކަރަންޓު އަދި ފެން ކަނޑާލާ އެބަ. މިއީ މެނޭޖްމަންޓުގެ އިހުމާލު. އެއް ކަމެއްވެސް ރަނގަޅެއް ނޫން."

ބިލު ނުދައްކައިގެން ތަނުން ފެނާއި ކަރަންޓު ކަނޑާލި އިރު، އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ގާނޫނުން ލާޒިމު ކުރާ އިނާޔަތްތައް ނުދީ ހިފަހައްޓާފައި ވާމައްސަލަ އާއި ގުޅިގެން އެތަނުގައި މަސައްތަކް ކުރާ ސަތޭކައަށް ވުރެ ގިނަ މުވައްޒަފުން ވަނީ އެ މައްސަލަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފަ އެވެ. 

އެ މައްސަލަ ޓްރައިބިއުނަލްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ކޮންމެ މައްސަލައެއް ވަކި މައްސަލައެއްގެ ގޮތުގަ އެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް