ads
މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ
ޝަހުބާންގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީގެ މައްސަލަ ހުށަހަޅައިފި އެވެ.
Advertisement

ޝަހުބާންގެ މައްސަލަ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފައި މިވަނީ، ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ކޮށްދޭނެ ކަމަށްބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ފުލުހުން ކޮށްފައި ވަނިކޮށެވެ. 

ޝަހުބާންގެ އިތުރުން ފޭދޫ ދާއިރާގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށްވެސް ފުލުހުން ވަނީ މި ތުހުމަތު ކޮށްފައެވެ. 

ޝަހުބާންގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ. 

މިކަމާއި ގުޅޭގޮތުން "ސީއެންއެމް" އާއި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ، ޝަހުބާންގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ، މިނިވަން މުވައްސަސާތަކުގެ މެމްބަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގައި ހުންނަން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބުނާ ސިފަތައް މިހާރު ޝަހުބާންގެ ކިބައިގައި ނެތް ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ. 

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިހާރު ޝަހުބާންގެ ކިބައިގައި ނެތް ގާނޫނުގައި ބުނާ މިނިވަން މުވައްސަސާތަކާއި ބެހޭ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެއް. މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވުމުން އޭނާގެ ނަޒާހަތްތެރި ކަމާއި މެދު ސުވާލު އުފެދޭ އެބަ." އުޝާމް ވިދާޅުވި އެވެ.

މީގެ އިތުރުން އުޝާމް ވިދާޅުވީ، މި މައްސަލަ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއިން ދިރާސާ ކުރުމަށްފަހު ކުރިއަށް ގެންދާނެ ގޮތަކާއި މެދު ކޮމިޓީއިން ނިންމަވާނެ ކަމަށެވެ. 

ޝަހުބާންގެ މައްޗަށް މިފަދަ ބޮޑު ތުހުމަތެއް ކުރެވިފައި ވާއިރުވެސް، އޭނާ މީޑިއާ ކައުންސިލްގެ ރައީސްގެ ގޮތުގައި ހުންނެވުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އެކަމާއި މެދު ނުރުހުން ފާޅު ކުރަމުންނެވެ. 

މި މައްސަލަ ފެންމަތިވުމުން ޝަހުބާން މީގެ ކުރިން ވިދާޅުވީ، އުފުލާފައިވަނީ، ދޮގު ތުހުމަތު ތަކެއް ކަމަށާއި، މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެތް ނެތް ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް