ads
ވެމްކޯ އާއެކު މިއަދު ބޭއްވި ބައްދަލުވުން
ކަރަންޓާ ފެން ބިލާއި ވެމްކޯގެ ބިލް އެއްކުރަނީ
ވެމްކޯގެ ބިލްތައް ޔުޓިލިޓީ ބިލްތަކާއި އެއްކޮށް އެއްބިލެއްގެ ގޮތުގައި ބެހެއްޓުމަށް މަސައްކަތްކުރަމުންދާކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ރާއްޖެއާއި މާލެ ސަރަހައްދުގެ ކުނި ނައްތާލުމަށް އެދެވޭ ގޮތެއްގައި މަސައްކަތް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާއިމެދު މަޝަވަރާކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެންވާރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވީ ކުނި ނައްތާލުމަށް ވެމްކޯއިން ކުރަމުންގެންދާ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތަކަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

ވެމްކޯ އަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެމްކޯއިން ފޯރުކޮށްދެމުން އަންނަ ޙިދުމަތްތަކަށް ނުވަތަ ބިލްތަކަށް ފައިސާ ނުލިބޭ މައްސަލަކަން ފާހަގަކުރައްވަމުން ޝައުނާ ވިދާޅުވީ މި ބިލްތައް ޔުޓިލިޓީގެ ބިލްތަކާއި، (ފެނާޢި، ކަރަންޓުގެ ބިލް)ތަކުގެ ގޮތުގައި ހިމަނަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. 

"މިއުޅެނީ ވެމްކޯގެ ބިލްތައް ހަމަ ޔުޓިލިޓީ ބިލްތަކާއި އެއްގޮތައް އަންނާނެ ގޮތަކަށް ހަމަޖައްސަން. އޭރުން ވަރަށް ފަސޭހަ ވާނެ ބިލްތައް މެނޭޖުކުރަންވެސް." މިނިސްތަރު ޝައުނާ

ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތްތަކުގެ ތެރޭގައި ގޭބީސީތަކުން ނަގާކުނި (ހައުސްހޯލްޑް) އާއި ވިޔަފާރި ކުރާ ތަންތަނުން އުފެދޭ ކުނި (ކޮމާޝަލް) ގެ ޙިދުމަތްވެސް ކޮންމެ ދުވަހަކު ފޯރުކޮށްދެމުން ގެންދެއެވެ. 

މިއަދުގެ ބައްދަލުވުމުގައި ވެމްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ ކުނީގެ ބިލްތަކަށް ފައިސާ ނުލިބި ވަރަށްގިނަ ބިލްތަކެއް އެބަހުރި ކަމަށާއި، އެފައިސާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. 

"އެބަހުރި ވަރަށް ބައިވަރު ބިލް. އެއީ އެންމެ ބޮޑު ގޮންޖެހުމަކީވެސް މިވަގުތު. އެ ފައިސާ ހޯދަން ވަރަށް ގިނަ މަސައްކަތަތއް އެބަ ކުރަން." ވެމްކޯގެ ޑީއެމްޑީ ޔޫސުފް ސިރާޖް

ޔުޓިލިޓީ ބިލްތަކާއިއެކު ވެމްކޯގެ ބިލްތައް ހިމަނާލުމުން މީގެ ކުރިން ނުދެއްކި ހުރި ބިލްތަކުގެ މައްސަލަތަކަށް ހޯދަންޖެހޭ ފައިސާ އަށް އެއް ވެސް ވަރަކަށް މާފެއް އޮތްތޯ "ސީއެންއެމް" އިން ސުވާލުކުރުމުން ސިރާޖު ވިދާޅުވީ މިފަދަ ގޮތަކަށް ބިލްތަކަށް މާފު ދިނުމުގެ ވިސްނުމެއް އަދި މިވަގުތު ނެތް ކަމަށެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް