ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާ ކުރާ މުހައްމަދު އަދުހަމް
ޓެކްސީ ޑްރައިވަރު ގާސިމްގެ މަރު: ދެން އޮތީ ހުލާސާ ބަޔާން!
Share
ހުޅުމާލޭގައި ޓެކްސީ އެއްގެ ތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން އަލީގެ މަރުގެ މައްސަލައިގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
Advertisement

ތޫނު އެއްޗަކުން ހަމަލާދީ ގާށިމް މަރާލާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެރޭ އިރާކޮޅޫގެ ވަގުތެއްގަ އެވެ. 

މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށް ތަހުގީގުތަކެއް ކުރުމަށްފަހު ދައުލަތުން ދައުވާ ކުރަނީ ޅ. ހިންނަވަރުު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށެވެ. 

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އަދުހަމް އާ ދެކޮޅަށް ހުށަހަޅަން ޖެހޭ ހުރިހައި ހެބިހައެއް ހުށައަޅާ ނިންމާފަ އެވެ. ނަމަވެސް އަދުހަމް ވަނީ މިދައުވާތަކަށް އިންކާރުކޮށްފަ އެވެ. 

ދައުލަތުން ގިނަ ހެކިތަކެއް މި މައްސަލަ ސާބިތު ކުރުމަށް މީގެ ކުރިންވެސް ހުށަޙަޅާފައިވާއިރު 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އަދުހަމް ވަނީ މި ކުށަށް އަމިއްލަ އަށް އިއުތިރާފުވެސް ވެފަ އެވެ. ނަމަވެސް އޭގެ ފަހުން ބޭއްްވި އަޑުއެހުންތަކުގައި އަދުހަމް ވަނީ ދައުވާތަކަށް އިންކާރުކޮށް އެކަން ހިނގި އިރު ހުރީ "މަސްތުގެ ހާލަތުގައި" ކަމަށް ބުނެފަ އެވެ.

ދައުލަތުން މި މައްސަލައާއި ގުޅިގެން ހެކިންގެ ގޮތުގައި ހުށަނޭޅި އޮތީ ދެ މީހެއްގެ ހެކިބަހެވެ. އޭގެ ތެރެއިން އެކަކީ ފުލުހެއްގެ ވަޒީފާގގައި ހުރި މީހަކަށް ވާއިރު ދެވަނަ މީހަކީ އާންމު ފަރާތެކެވެ. 

ހެކިބަސް ނަގަން ބޭއްވި މިއަޑުއެހުމުގައި ދައުލަތުން ބުނީ ހެކި ބަސް ނަގަންޖެހޭ ފުލުސް މީހާގެ ހެކި ބަސް ނުނެގުނީ މިވަގުތު ރާއްޖޭގައި ނެތުމުން ކަމަށެވެ. އަދި ދެން ހުރި މީހާގެ ހެކި ބަސް ނުނެގުނީ ގުޅޭނެ ގޮތެއް ނެތުމުންނެވެ. 

ގާސިމްގެ މަރުގެ މައްސަލައަށް އަދުހަމް އިންކާރު ކުރި ނަމަ ވެސް އަދުހަމްގެ ފަރާތުން މި މައްސަލައިން ދިފާއުވުމަށް އެއްވެސް ހެތްކެއް ކޯޓަށް ހުށަހަޅާފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް