ads
އެފްއެސްއެމް އިން އަލަށް ގެނައި ދެ ބާޖުތެރެއިން 'އެމްވީ ހުނިކެ'
އެފްއެމްއެސްއަށް އިތުރު ދެ ބާޖު ގެނެސްފި
މިހާރު ޖުމްލަ 15 ބާޖު އޮޕަރޭޝަންތަކުގައި ބޭނުން ކުރޭ
ދެލައްކަ ފަސްދޮޅަސް ހާސް ލިޓަރުގެ ތެޔޮ އެޅޭ ދެ ބާޖު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް މިއަދު ގެނެސްފި އެވެ.

އެފްއެސްއެމް އަކީ ރާއްޖެއަށް ތެޔޮ އެތެރެކޮށްގެން މުޅި ރާއްޖޭގެ ފެނަކައިގެ އިންޖީނުގެތަކަށާއި، މާލެ ސަރަހައްދާއި ރާއްޖެ ތެރޭގެ ހުރިހާ ސަރަހައްދަކަށްވެސް ތެޔޮ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ކުންފުޏެވެ.

އެފްއެސްއެމް އިން ބުނީ މިއަދު ގެނައި މި ބާޖުތަކުގެ އަގު ގާތްގަނޑަކަށް 22 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. 

އަލަށް ގެނައި ދެ ބާޖުގެ ތެރެއިން 'އެމްވީ ހުނިކެ' އަދި 'އެމްވީ ބުރެކި' ނަމަކަށް ކިޔާ މި ދެ ބާޖު މިހާރު ވަނީ ތިލަފުށީގައި ބަނދަރު ކޮށްފަ އެވެ.

އެފްއެސްއެމް އިން ބުނީ އަލަށް ގެނައި މި ދެ ބާޖު އޮޕަރޭޝަން ދަތުރުތަަކަށް ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

އަލަށް ގެނައި ދެ ބާޖާއެކު މިހާރު "އެފްއެސްއެމް" ގައި ޖުމްލަ 15 ބާޖެއް އޮންނާނެ އެވެ.

އެފްއެސްއެމް އިން ބުނީ އިތުރު ދެ ބާޖެއް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެމަހެއްހާދުވަހުގެ ތެރޭގައި އިތުރު ދެ ބާޖު ގެނެވޭނެކަމުގެ އުންމީދު އޮތް ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް