ads
އެންމެ ފަހުން ދިވެހިންނަށްވެސް މިކަން އޯކޭ ވީތަ؟
ފާހިޝް އަމަލުތައް ސޯޝަލް މީޑިއާގައި ސޭލް އަޅުވާފައި! ދިވެހިންނަށް އޯކޭ ވީތަ؟
މިއީ ދިވެހިން މީގެ ކުރިން ދުވަހަކުވެސް ދެކުނު މަންޒަރެއް ނޫނެވެ. ހަމަ ޔަގީނުންވެސް އަހަރުމެންގެ ކާބަފައިން މި ދުވަސް އަންނާނެ ކަމަށް ގަބޫލު ނުކުރާނެ އެވެ. އެހެން ނަމަވެސް މިއަދު ދިވެހިންގެ މި މުޖްތަމައު މިވަނީ ހުޅަނގުގެ ގޮތަށް ފެތި މުޅިން ގަރަގު ވެފަ އެވެ.

ސޯޝަލް މީޑިއާގެ ޒަރިއްޔާއިން މިހާރު ހުރިހާ ކަމެއްވެސް ކުރަމުން އަންނަ އިރު، މިކަމުގެ ނާޖާއިޒު ފައިދާ ނަގާ މީހުންވެސް ތިބޭނެ އެވެ. އެހެން ނަމަވެސް މިއަދު ފެނިގެން މިދަނީ، ދިވެހިންނަށް ވެސް ހުރިހާ ކަމެއް "އޯކޭ" ވެފައިވާ މަންޒަރެވެ. ފިހާރަތަކުގައި ތަކެތި ވިއްކަން ސޭލް އަޅުވާލާގޮތަށް މިހާރު ފާހިޝް އަމަލުތައް ކުރާ ފަރާތްތަކަށް އެ ސޭލް ވަނީ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ސޭލް އަޅުވައި ދީފަ އެވެ. 

ބަރަހަނާ މަންޒަރު ހިމެނޭ ޓެލެގުރާމް ގުރޫޕުތައް ދާދި ފަހުން ރާއްޖޭގައި ވަނީ ބަންދު ކޮށްފަ އެވެ. އެހެން ނަމަވެސް އެކަން ހަގީގަތުގައިވެސް ހުއްޓުވުނުތޯ މިއީ އުފެދޭ ސުވާލެކެވެ. އެހެނީ އަދިވެސް ހަމަ ފެނިގެން މިދަނީ ބޭނުންހާ ކަމެއް ކުރުމަށް ހުރި ފުރުސަތުތައް ހަމަ އެގޮތުގައި އަދިވެސް ހުރި ކަމެވެ. 

މި ދައްކަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގާ ޓެލެގުރާމް ގުރޫޕެއްގެ ވާހަކަ އެވެ. އެ ގުރޫޕުގެ ތެރޭ ހަމަ ހުރިހާ ކަމެއްވެސް ކުރުން އޯކޭ އެވެ. 

"އެއް ރެއަށް އުމުރުން 24 އަހަރުގެ ކުއްޖެއް 3500/- އަށް. ބޭނުންވާ ފަރާއްތައް އެޑްމިން އަށް މެސެޖު ކޮށްލާ."

"އެއް ޖިންސުން ގުޅުން ހިންގަން ބޭނުންވާ މީހެއް ހުރި ނަމަ އެޑްމިން އަށް މެސެޖު ކޮށްލަދީ."

"ސަފާރީ އަކަށް ދާނެ އަންހެން ކުއްޖެ ބޭނުން ވެއްޖެ. ހުރިހާ ހަރަދެއް ކޮށްދޭނަން. ޕޭވެސް ކުރާނަން. އޯކޭ ދެ އަންހެން ކުދިން ވިޔަސް."

"މަސްތުވާ ތަކެތި އަގުހެޔޮ ކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް." 

މިއީ މިބުނި ޓެލެގުރާމް ގުރޫޕަށް ފޮނުވާފައި ހުރި އެތައް ހާސް މެސެޖެއްގެ ތެރެއިން އެންމެ ހަތަރު މެސެޖެވެ. މި މެސެޖުތަކުންވެސް އަދުގެ ދިވެހިންގެ ބައެއް މީހުންގެ ފެންވަރު ވަރަށް ސާފުކޮށް ފެނިގެން ދާނެ އެވެ. ބައެއް ދިވެހިންނަށް ހުރިހާ ކަމެއްވެސް އޯކޭ ވެފައިވާ މަންޒަރު މި ގުރޫޕު ބަލާލުމުން ފެނިގެން ދެއެވެ. 

މީގެ އިތުރުން ވެސް ކައިވެނި ކޮށްގެން އުޅޭ ދެމަފިރިން އިތުރު މީހަކާއި އެއްކޮށް ގުޅުން ހިންގަން ބޭނުންވާނަމަ އެ ފުރުސަތު ހޯދުމަށްވެސް މި ގުރޫޕުގެ ބޭނުން ކުރެއެވެ. މާތްﷲ ދެއްވި ނިއުމައްތަކަށް ދިވެހިން އަދު ފުރަގަސަދީ މި ނުބާ ފާހިޝު އަމަލުތައް ކުރަމުން މިދަނީ، ހިތުގައި އެއްވެސް ވަރެއްގެ ބިރުވެރިކަމެއް ނެތި އެވެ. 

ސިޔާސީ މީހަކަށް އިންޒާރެއް ދީފިނަމަ އެމީހަކު ހޮހޮޅައެއް ތެރެއަށް ވަދެ އޮތަސް ދިވެހި ފުލުހުން ހޯދާކަމީ ފަހުރުވެރިވާ ކަމެކެވެ. އެމީހަކަށް ދޭންޖެހޭ އަދަބު ގާނޫނުން އެބަ ދެ އެވެ. އެހެން ނަމަވެސް ގައުމުގެ ގިނަ ބަޔަކު މުންކަރާތްތަކަށް އަރައިގަންނަމުން އަންނަ އިރު ފުލުހުންނަށް އެ މަންޒަރު ނުފެނުމަކީ ލަދުވެތި ކަމެކެވެ. ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ހަމައެކަނި ކަށަވަރު ކުރެވޭނީ ދުލާއި ގަލަމުގެ މިނިވަންކަން ހިފަހައްޓައިގެން ކަމަށް ދެކުމުގެ ބަދަލުގައި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ބޭނުންވާނަމަ މި ކަންކަންވެސް ފުލުހުން ތަހުގީގު ކުރަން ޖެހެއެވެ. 

އާއްމު މަސްލަހަތައް ގެއްލުންވާ ބައެއް ކަންކަން ފުލުހުން އަމިއްލަ އަށް އިސްނަގައިގެން ބަލަން ފެށިއިރު، މިފަދަ މައްސަލަތައްވެސް ފުލުހުން އަމިއްލަ އަށް އިސްނަގައިގެން ބަލަން ޖެހެއެވެ. އަދި މިފަދަ ކަންކަން ކުރާ މީހުންނާއި މިފަދަ ގުރޫޕުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ގާނޫނުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭން ޖެހޭނެ އެވެ. 

މީގެ ކުރިންވެސް ދިވެހިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގުރޫޕެއް ދިޔައީ ފޯރިއާއި އެކު ހިންގަމުންނެވެ. އެ ގުރޫޕުގައި ގިނައީ އަމިއްލައަށް ބަރަހަނާވެ ނަގާފައިވާ ފޮޓޯ ތަކެވެ. އެ ގުރޫޕު ފުލުހުން ބަންދު ކޮށްފައި ވާއިރު، މިހާރު މި ހިންގާ ގުރޫޕަކީ މާ ނުބާކަން ބޮޑު ގުރޫޕެކެވެ. އެތައް ބައިވަރު ބައެއް އެއްކޮށް ގުޅުން ހިންގަން ބޭނުންވާ މީހުންނާއި، އުމުރުން 18 އަހަރު ނުވާ ކުދިންވެސް މި ގުރޫޕުގައި އެބަތިއްބެވެ. 

އަދި މި ގުރޫޕަށް މެސެޖު ކުރާ ފަރާތްތަކަށް އެ މީހަކު ހިތް އެދޭ ކަމެއް ކުރުމަށް ފުރުސަތު ހުޅުވިފައި އޮންނަ އިރު، ހިތާމަ ކުރަންޖެހޭ ކަމަކީ މި ގުރޫޕުގެ ތެރޭ ދައުލަތުގެ ބައެއް އިސް ފަރާތްތައްވެސް ހިމެނިފައި ވާކަމަށް ބެލެވެއެވެ.  އެއީ މި ގުރޫޕު މެދުވެރިކޮށް ގާނޫނާއި ހިލާފަށް އެތައް ކަމެއް ކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުމުންނެވެ. ފަސް ހާސް ރުފިޔާ ދިނުމުން ލައިސެންސް ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިން ހެދުމާއި، އެޑިއުކޭޝަން މިނިސްޓްރީ ތެރެއިން ސެޓްފިކެޓް ނެރުމުގެ ފުރުސަތުތައްވެސް މި ގުރޫޕުގައި އޮތީ މިއަދު ފަހިވެފަ އެވެ. 

އެހެން ކަމުން އަދުގެ ޖީލު ފަނާވެ ގެއްލިގެން ނުދަނީ މި ކަންކަމުގެ ޒިންމާ ނަގަންޖެހޭ އިދާރާތަކުން އިސްވެ މިކަންކަން ހުއްޓުވަން ޖެހެއެވެ. އެހެން ނޫން ނަމަ މީގެ ކުރިން ގައުމުތައް ފަނާވި ގޮތަށް ދިވެހި ރާއްޖެވެސް ފަނާ ވެދާނެ އެވެ. މިއީ ހުރިހާ ފަރާތްތަކަކުންވެސް އަދު ވިސްނަން ޖެހިފައިވާ ކަމެކެވެ. ސިޔާސީ ހަރަކާތްތަކުން ދުރުވެ ގައުމުގެ މުސްތަގުބަލު ހަރުދަނާ ކުރުމަކީ ކޮންމެ މީހެއްގެވެސް ވާޖިބެކެވެ. 

50%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް