މި ކެމްޕޭނުގެ ބޭނުމަކީ ޖަލުގައި ތިބި މީހުން މަދު ކުރުމާއެކު، ޖަލުން ނުކުންނަ މީހުންނަކީ މައުލޫމަތު މުއްސަނދި ތޫނުފިލި ބަޔަކަށް ހެދުންކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ.
މިފަދަ ކެމްޕޭނެއް ބްރެޒިލްގައި ވެސް ވަނީ ފަށާފައެވެ.
ބޮލީ ވިއާގެ ޝަރުއީ ނިޒާމުގެ ދޯހަޅިކަމުގެ ސަބަބުން ހުކުމަކާ ނުލާ ވެސް އެތައް ބަޔަކު ރިމާންޑު ޖަލުތަކުގައި ވެސް އެބަތިއްބެވެ.
ފޮތްކިޔުމުގެ ކެމްޕޭނުގައި ބައިވެރިވެގެން ޖަލުން ނުކުންނަށް އޮންނަ ދުވަސް އަވަސް ކުރުމުގެ ފުރުސަތު ކޮންމެ ގައިދީއަކަށް ވެސް މިހާރު އެބައޮތެވެ.
މިހާތަނަށް އެ ކެމްޕޭނުގައި 800 އަށްވުރެ ގިނަ ގައިދީން ވަނީ ބައިވެރިވެފައެވެ. އަދި ބައިވެރިވެފައިވާ ގައިދީންގެ ކިޔުމާއި، ލިޔުމުގެ ފެންވަރު ރަނގަޅުވަމުން އަންނަކަމަށް އެ ގައުމުން ބުނެއެވެ.